ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ހެލްޕްޑެސްކް އޮފިސަރ، އައި.ޓީ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް ހެލްޕްޑެސްކް އޮފިސަރ، އައި.ޓީ

ބޭނުންވާ އަދަދު: 01 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން: އިންފޮމޭޝަން ޓެކްނޯލޮޖީ ޓެކްނީޝަންސް އެންޑް އެސޯސިއޭޓް ޕްރޮފެޝަނަލްސް

ރޭންކް: ސީއެސް 5-1

މުސާރަ: މަހަކު -/4,920 ރުފިޔާ

ސަރވިސް އެލަވަންސް: -/2,500 ރުފިޔާ

ކޮންފްލިކްޓް އޮފް އިންޓްރެސްޓް: މުސާރައިގެ %35

ވަޒީފާ އަދާ ކުރަންޖެހޭ ތަން: ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ، މާލެ

ޑިވިޜަންގެ ނަން: އީ-ގަވަރމަންޓް އޮޕަރޭޝަން ޑިވިޜަން

ސެކްޝަންގެ ނަން: ހެލްޕްޑެސްކް

ފެންވަރު ނުވަތަ ޝަރުޠު:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އައިޓީ.އައި.އެލް ފައުންޑޭޝަން ސަނަދު ލިބިފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އައިޓީ.އައި.އެލް ފައުންޑޭޝަން ސަނަދު ލިބިފައިވުން؛ ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އައިޓީ.އައި.އެލް ޕްރެކްޓިޝަނަރ ސަނަދު ހާސިލުކޮށްފައިވުމާއެކު އައި.ޓީ.އައި.އެލް ފައުންޑޭޝަން ސަނަދު ހާސިލުކޮށްފައިވުމާއެކު އައިޓީ ސަރވިސް މަސައްކަތުގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ނުވަތަ މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ: ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގަ އަދި އީ-ގަވަރމަންޓްގެ ޚިދުމަތް ކަނޑައަޅާފައިވާ ފެންވަރުގައި އެއް އުސޫލަކުން ފޯރުކޮށްދިނުމާއި ޚިދުމަތްތަކާ ގުޅިގެން ދިމާވާ މައްސަލަތަކަށް ޖަވާބުދާރީވެ، ބަޔާން ކުރެވިފައިވާ ފެންވަރަށް މައްސަލަ ޙައްލުކޮށް ޑޮކިއުމަންޓް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 26 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ލިޔުމަކުންނެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެނީ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  2. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ "ރިކްރޫޓްމަންޓް ޓޫލްކިޓް"  ގައިވާ "އިންފޮމޭޝަން ޓެކްނޮލޮޖީ ޑައިރެކްޓަރސް، މެނޭޖަރސް، އެންޑް ސީނިއަރ އޮފިޝަލްސް" ގައިވާ ގޮތުމުގެ މަތިންނެވެ. މިގޮތުން:
  • ތަޢުލީމީ ފެންވަރު
  • ޕްރޮފެޝަނަލް ތަމްރީނު %40
  • މަސައްކަތުގެ ތަޖުރިބާ %20
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތައް %30

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެ ތަން: މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން ބޭއްވުމަށް ކަނޑައަޅާފައި ވަނީ އިޢުލާނުގެ މުއްދަތު ހަމަވުމުގެ 2 ހަފުތާގެ ތެރޭގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައެވެ. އިންޓަރވިއުއާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުމަށް ކަނޑައަޅާ ދުވަސް މި މުއްދަތުގެ ތެރޭގައި، 1 ދުވަސް ކުރިން ލިޔުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައި)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މިއޮފީހުގެ ވެބްސައިޓް www.ncit.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެ އަދި މިއޮފީހުގެ ފްރަންޓް އޮފީހުންވެސް ލިބެން ހުންނާނެ)
  6. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344004 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015
ހޯދާ