ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ (ވަގުތީ މުވައްޒަފުން)

މަޤާމު:      ހިއުމަން ރިސޯސް އޮފިސަރ (ވަގުތީ މުވައްޒަފުން)

ޑިޕާޓްމަންޓް:  ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އެންޑް ޕާރސަނަލް މެނޭޖްމަންޓް

އަދަދު:     1

މުއްދަތު:    4 މަސްދުވަސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

- މުވައްޒަފުންގެ ހާޒިރީއާއި ޕާރފޯމަންސް އިވެލުއޭޝަންގެ ކަންތައް ހިންގައި ބެލެހެއްޓުން.

- މުވައްޒަފުންނާއި ގުޅުންހުރި ގްރީވަންސް މައްސަލަތައް ބެލުމާއި މިކަމާ ގުޅުންހުރި ލިއެ ކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަންގެ ސްޓާފް ވެލްފެއަރގެ ކަންތައްތައް މޮނިޓަރކޮށް ބެލެހެއްޓުން.

- ބަޖެޓްކުރެވިފައިވާ ސްޓާފް ރެކުއަރމަންޓާ އެއްގޮތަށް މުވައްޒަފުންގެ ރިކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- ޕޭރޯލް އަދި ޕާފޯރމަންސް އިވެލުއޭޝަން ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށް އިސްކަންދެވޭނެ

- އެޗް. އާރު ޕޮލިސީ އަދި އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓްގެ ހުނަރު.

- ރަނގަޅު އިންޓަރޕާރސަނަލް ސްކިލްސް ހުރި ފަރާތަކަށްވުން.

- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން

- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.

މުސާރަ: 8640.00ރ (އެލަވަންސްތަކާއެކު މަދުވެގެން 13670.00ރ)

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 19 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                         3 ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ               ނުވަތަ                       ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު:    3336755                                      ފޯނު: 3353535   

ފެކްސް: 3335892                                       ފެކްސް: 3358892

15 ޖަނަވަރީ 2015
ހޯދާ