ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ފުޓްބޯޅަދަނޑުގައި އިންފާރު ރޭނުމާއި، ފެންސުޖެހުމާއި، ރޮސްޓްރަމްހެދުމާއި ގޭޓް ހެދުން

ގދ.ވާދޫގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ހެދުމަށް ހަމަޖެހިފައިވާ ފުޓްބޯޅަދަނޑުގައި އިންފާރު ރޭނުމާއި، ފެންސުޖެހުމާއި، ރޮސްޓްރަމްހެދުމާއި ގޭޓް ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު: AD/2014/038ފ-421 (08 ސެޕްޓެންބަރު 2014) އިޢުލާނު، ޔޫތު މިނިސްޓްރީގެ ނަންބަރު: P/421/2015/1-ފ421 (05 ޖަނަވަރީ 2015) ގެ ސިޓީއާ ގުޅިގެން ވަނީ ބާޠިލުކޮށްފައެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރެވިދާނެ ފަރާތްތަކުން 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މިއިދާރާގެ ފޯންނަންބަރު 6840005 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

07 ޖަނަވަރީ 2015
ހޯދާ