ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ށ. ބިލެތްފަހީގެ 2 ޤަބުރުސްތާނުގައި ލައިޓްޖެހުމުގެ މަޝްރޫޢު

ށ. ބިލެތްފަހި 2 (ދޭއް) ޤަބުރުސްތާނުގައި ލައިޓްޖެހުމުގެ މަޝްރޫޢު

މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނާފައިވާ ށ. ބިލެތްފަހީ 2 (ދޭއް) ޤަބުރުސްތާނުގައި ލައިޓް ޖެހުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ށ. ބިލެތްފަހީ 2 (ދޭއް) ޤަބުރުސްތާނުގައި ލައިޓް ޖެހުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015
ހޯދާ