ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

މަޤާމު: އެސިސްޓެންޓް ފައިނޭންސް އޮފިސަރ

ޑިޕާޓްމަންޓް: އެކައުންޓިންގ އެންޑް ފައިނޭންސް

ސެކްޝަން: ރެވެނިއު

އަދަދު: 1

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ

- ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ކޯޕަރޭޝަންއަށް އެކި ފަރާތްތަކުން ދައްކާ ފައިސާގެ ކަންތައްތައް ބެލެހެއްޓުން

- ކަސްޓަމަރުންގެ އެކައުންޓްތަކާއި ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން

- ކަސްޓަމަރުންގެ ރިޕޭމެންޓް ޝެޑިއުލްތަކާއި ޕޭމްންޓް ސްލިޕްތަށް ތައްޔާރުކުރުން

- ކަސްޓަމަރުންގެ އިންކުއަރީތަކަށް ޖަވާބުދާރީވުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން

- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

- މި ވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރަ: 5000.00ރ (އެލަވަންސްތަކާއެކު މަދުވެގެން 9510.00ރ ލިބޭނެއެވެ.)

މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 13 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މި ކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                           3ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                  ނުވަތަ                      ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު:3336755                                            ފޯނު: 3353535   

ފެކްސް : 3335892                                        ފެކްސް : 3358892

08 ޖަނަވަރީ 2015
ހޯދާ