ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ލޯނުއެހީގެ ފުރުޞަތު

މިއީ މިޑިޕާޓްމަންޓުގެ ނަންބަރު 158/IUL)166-Schol/166/2014)ފ(16 ޑިސެންބަރު 2014) އިޢުލާނު ބާޠިލުކުރުމަށްފަހު ކުރެވިފައިވާ އިޢުލާނެކެވެ. މިގޮތުން އެ އިޢުލާނާއެކު ޢާންމުކުރެވުނު އުސޫލާއި އުސޫލުގެ އެނެކްސް 1 އިޞްލާޙުކުރުމަށްފަހު އަލުން ޝާއިޢުކުރެވިފައިވާ ވާހަކަ ޢާންމުކޮށް އިޢުލާނުކުރަމެވެ.  

މަތީތަޢުލީމަށް ދާއިމީ ގޮތެއްގައި މާލީއެހީ ދިނުމުގެ ސްކީމްތަކުގެ ތެރެއިން ޓާޝަރީސްޓޫޑެންޓްސް ލޯންސްކީމުގެ ދަށުން ތިރީގައިވާ ލޯނުގެ ފުރުޞަތުތައް ވަނީ ހުޅުވާލެވިފައެވެ. (އަލަށް ކިޔަވަންފަށާ ދަރިވަރުން) – ޑިސެންބަރު 2014

ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުގެ ޖުމްލަ

ދިވެހިރާއްޖެ

ޑިޕްލޮމާ

5، 6

 

އޭސީސީއޭ

10

ނާރސިންގ

25

ލައިބްރަރީ ސައިންސް

5

ބެޗްލަރސް ޑިގްރީ

7

އެކައުންޓިންގ

20

ނާރސިންގ

25

ބިޒްނަސް މެނޭޖްމަންޓް

15

މިތާވަލުގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓްގައިވާ އެހެނިހެން ދާއިރާތައް

80

ޖުމްލަ

180

ރާއްޖޭން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުގެ ޖުމްލަ

ސާކް ޤައުމުތައް

ބެޗްލަރސް ޑިގްރީ

7

އޭސީސީއޭ

10

ލެބޯރަޓަރީ ޓެކްނޮލޮޖީ  

5

ފިޒިއޮތެރަޕީ

5

ސްޓެޓިސްޓިކްސް

5

އޮޕްޓޮމެޓްރީ

5

މިތާވަލުގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ އެހެނިހެން ދާއިރާތައް

15

ސްރީލަންކާ

ބެޗްލަރސް ޑިގްރީ

7

ނާސިންގ

10

ބަންގްލަދޭޝް/ސްރީލަންކާ/ ނޭޕާލް/ ޗައިނާ

ބެޗްލަރސް ޑިގްރީ

7

ޑެންޓިސްޓްރީ

10

ބަންގްލަދޭޝް/ސްރީލަންކާ/ ނޭޕާލް/ ޗައިނާ

ބެޗްލަރސް ޑިގްރީ

7

އެމް.ބީ.ބީ.އެސް

15

ޖުމްލަ

80

ނޯޓް: މިލޯނު އެހީ ހޯދުމަށްޓަކައި ކޮންމެ ފަރާތަކުންވެސް ހުށަހެޅޭނީ 1 އެޕްލިކޭޝަން ފޯމެވެ. 1 އެޕްލިކޭޝަނަށްވުރެ އިތުރަށް ހުށަހަޅައިފިނަމަ ހުރިހާ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ކޯހުގެ ދާއިރާ/ އަދަދު

މި ސްކީމުން ލޯނުއެހީ ދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. ތަޢުލީމީ މަރުޙަލާއެއް ނިމި، އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރެއްކަމުގައިވުން.

ށ. ދިވެހިރާއްޖޭގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 5 ން ފެށިގެން އެމް.އެން.ކިޔު.އެފް. ލެވެލް 7 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތަކަށްވުން. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ފެންވަރުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތަކަށްވުން.

ނ. ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށްވުން.

ރ. ފުރިހަމަކުރަން ބޭނުންވާ ކޯހަކީ ސްކިލްސް ޝޯޓޭޖު ލިސްޓުގައި ފާހަގަ ކުރެވިފައިވާ ކޯހަކަށްވުން.

ބ. ލޯނަށް އެދި ހުށަހަޅާ ފަރާތުން ފުރިހަމަކުރަން ބޭނުންވާ ކޯހަކީ މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން.

ޅ. ރާއްޖެއިން ބޭރުގައި ކިޔެވުމަށް އެދޭ ކޯހެއްނަމަ، އެކޯހަކީ ކޯސް ހަދާ ޤައުމުގެ ލޯކަލް ކޯހެއްކަމުގައިވުން.

ކ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނުއެހީގެ ގޮތުގައި ފުރުޞަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.

އ. ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ލޯނެއް ނަގާފައިވާނަމަ ގަވާޢިދުން ފައިސާ ދައްކަމުންގެންދާ ފަރާތެއް ކަމުގައިވުން.

ވ. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބްލެކްލިސްޓްކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓް ވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މ. ލޯނަށް އެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު ބޮންޑްގެ ޚިދުމަތަށް ރިޕޯޓްނުކުރާ ފަރާތެއް ކަމުގައި ނުވުން.

ފ. ލޯނަށް އެދޭ ފަރާތަކީ ލޯނުގެ ގޮތުގައި ނެގި ފައިސާ، ލޯނުއެހީ ނަގާއިރު ބޭންކް އޮފް މޯލްޑިވްސްއާއެކު ހަދާ އެއްބަސްވުމުގައިވާ ފަދައިން ލޯނުއެހީ ނެގި ބޭންކަށް ދައްކަން އެއްބަސްވާ ފަރާތެއްކަމުގައިވުން.

ދ. ލޯނުއެހީއަށް އެދޭ ފަރާތުން ލޯނުފައިސާ އަނބުރާ ނުދައްކައިފިނަމަ، އެފައިސާ ދެއްކުމަށް ޖާމިނުވާ ގެރެންޓަރއެއް ހުރުން.

ތ. ކިޔެވުމަށް ލޯނުއެހީ ހޯދުމަށް ހުށަހަޅާ ކޯހަކީ ކިޔެވުމަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް ހިންގާ ކޯހެއްކަމުގައިވުން.

ލ. ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ދަރިވަރެއްނަމަ، ކިޔަވަން އެދޭ ކޯހަކީ މި ލޯނު ސްކީމުގެ އެނެކްސް 8 ގައިވާ ލިސްޓުގައި ހިމެނޭ ކޯހެއްކަމުގައި ނުވުން.

ގ. ލޯނުއެހީ ލިބިގެން ކިޔަވާ ނިމުމަށްފަހު، ސަރުކާރުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް ބޮންޑުކުރުމަށް އެއްބަސްވާ ދަރިވަރެއްކަމުގައިވުން.

ޏ. ޢުމުރުން 18 އަހަރު ފުރިފައިވުން.

ސ. ދިވެހި ރައްޔިތެއްކަމުގައިވުން.

ޝަރުޠު

  • ލޯނުއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދެވޭނީ އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް، ޓާޝަރީ ސްޓުޑެންޓްސް ލޯންސްކީމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ތަރުތީބުގެ މަތީންނެވެ.
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޒަރީޢާއިން އެޕްލިކޭޝަން ފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ސެޓުފިކެޓުތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބަލައެއްނުގަނެވޭނެއެވެ.
  • ޓާޝަރީ ސްޓުޑެންޓް ލޯންސްކީމުގެ އުސޫލާއި އުސޫލުގެ އެނެކްސްތައް އަދި އެޕްލިކޭޝަން ފޯމު މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv ގައި ލިބެން ހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުސޫލު ބެއްލެވުމަށް ސަމާލުކަންދެއްވުން އެދެމެވެ.
  • އެޕްލިކޭޝަން ޑިސްކޮލިފައި ނުވާނޭގޮތް ހެދުމަށްޓަކައި އެޕްލިކޭޝަން ފޯމު ހިފައިގެން އަންނަ ފަރާތުގެ ހާޒިރުގައި އެޕްލިކޭޝަން ފޯމާއެކު ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލޭނެއެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ބޭނުންވާ ތަކެތި ހަމަނުވާނަމަ އެޕްލިކޭޝަން ފޯމު ބަލައެއް ނުގަނެވޭނެއެވެ.
  • އެޕްލިކޭޝަން ބަލައިގަތުމަށްފަހު އެޕްލިކޭޝަން ފޯމަށް ނުވަތަ ފޯމާއެކު ހުށަހެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި އެފަރާތަށް އެހެން އެޕްލިކޭޝަނެއް ހުށައެއް ނޭޅޭނެއެވެ. ފޯމު ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން އެޕްލިކޭޝަނެއް ހުށަހަޅާނަމަ، ކުރިން ހުށަހެޅި އެޕްލިކޭޝަން ކެންސަލް ކުރުމަށް، ފަހުން ހުށަހަޅާ އެޕްލިކޭޝަނާއެކު ލިޔުމުން ހުށަހަޅަންވާނެއެވެ.
  • ފޯމު ބަލައިގަތުމުގެ އެންމެ ފަހުދުވަހު ފޯމު ހުށަހަޅަން އައުމުން، ފޯމުގައި ފުރިހަމަނުކުރެވޭ ބައެއް އޮތްނަމަ، ނުވަތަ ފޯމު ފުރިހަމަކުރެވިފައިވަނީ ރަނގަޅަށް ނޫންނަމަ، ފޯމު ހުށަހެޅުމަށް އޮންނަ ވަގުތުގެ ތެރޭގައި، އަލުން ފޯމު ރަނގަޅުކޮށްގެން ފޯމު ލުމުގައި ދަތިތަކެއް ކުރިމަތިވާތީ، ފޯމު ހުށަހެޅުމުގެ އެންމެ ފަހުދުވަހާ ހަމައަށް މަޑުނުކޮށް ފޯމު ހުށަހެޅުމަށް ނަސޭހަތްތެރިވަމެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ، ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. ލޯނުއެހީގެ ދަށުން ކިޔަވަން ފަށާފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްކުރެވޭނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ.
  • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

  • ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމާއި އުސޫލު 21 ޑިސެންބަރު 2014 އިން ފެށިގެން 15 ޖަނަވަރީ 2015 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހުގެ 14:45 އަށް، ވެލާނާގޭގެ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާޓްމެންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިޑިޕާޓްމެންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިޑިޕާޓްމެންޓްގެ ވެބްސައިޓަކީ: www.dhe.gov.mv އެވެ.
  • ކޮންމެ އެޕްލިކޭޝަން ފޯމަކާއެކު ނަންބަރެއް ދޫކުރެވޭނެއެވެ. އަދި ފޯމު ޑައުންލޯޑްކުރައްވާ ފަރާތްތަކުންވެސް 15 ޖަނަވަރީ 2015 ގެ ކުރިން، ނަންބަރެއް ނަންގަވަންވާނެއެވެ.
  • މި ސްކީމާއެކު އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:
  • އެޕްލިކޭޝަން ފޯމު.
  • ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް – ޑިސެންބަރު 2014 ގެ އުސޫލާއި އުސޫލުގެ އެނެކްސްތައް

އެޕްލިކޭޝަން ފޯމު ދޫކުރުން:

އެޕްލިކޭޝަން ފޯމު ބަލައިގަތުން އޮންނާނީ 2015 ޖަނަވަރީމަހުގެ 18 ން 22 އަށް ހެނދުނު 9:00 ން ފެށިގެން 15:00 އާ ދެމެދު އެދުވަހަކަށް ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން، ވެލާނާގޭގެ ދެވަނަ ތަޅުމުގައެވެ.

ސުންގަޑި:

ނަންބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވާ ފަރާތްތަކަށް މިމުއްދަތުގައި މި ޑިޕާޓްމެންޓަށް ވަޑައިގަތުމުން، މި ޑިޕާޓްމެންޓުގެ ކައުންޓަރުން ނަންބަރު ލިބިވަޑައިގަންނަވާނެއެވެ.

ނަންބަރު ދޫކުރުން:

އިތުރު މަޢުލޫމާތު: ޓާޝަރީސްޓޫޑެންޓްސް ލޯންސްކީމުގެ އުސޫލާއި އުސޫލުގެ އެޕެންޑިކްސް އަދި އެޕްލިކޭޝަން ފޯމު ބެއްލެވުމަށްފަހު، ސާފުނުވާކަމެއް އޮވެއްޖެނަމަ، އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯނު ނަންބަރަށެވެ.

04 ޖަނަވަރީ 2015
ހޯދާ