ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓު ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:  އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު: 1

ރޭންކް: އެލްއެސް 2

ކްލެސިފިކޭޝަން:

އެސިސްޓެންޓް ލީގަލް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ ޝަރުތު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ އަސާސީ މުސާރަ: -/9412 (ނުވަ ހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
ސަރވިސް އެލަވަންސް:

-/3000 (ތިން ހާސް ރުފިޔާ)

ޖުޑީޝަލް އެލަވަންސް:

އަސާސީ މުސާރައިގެ %35

އިތުރު ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

މަޤާމުގެ މައިގަނޑު މަސައްކަތް:

 

- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން.

- ކޯޓަށް ހުށަހެޅޭ ވަރި ކައިވެންޏާބެހޭ ފޯމުތަކާއި، އެގްރީމެންޓް ރަޖިސްޓަރީކުރުމަށް ހުށަހެޅޭ ފޯމުތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން.

- ކޯޓަށް ހުށަހެޅޭ މައްސަލަތައް، އިސްމެޖިސްޓްރޭޓް ނުވަތަ ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވާ މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން ޤަޟިއްޔާ ހުށަހަޅާ ސެކްޝަންތަކާ މައްސަލަ ހަވާލުކުރުން.

- ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.

- އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށާއި މީހުން ހާޒިރުކޮށްދެއްވުމަށް އަންނަ މެސެޖުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓް އަންގަވާގޮތެއްގެ މަތިން ބަޔާންތައް ނެގުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކޮށް ތައްޔާރުކުރުން.

- އެގްރީމެންޓް ރަޖިސްޓަރީކުރުމާބެހޭ އިދާރީ މަސައްކަތް ކުރުން.

- ނިމޭ މައްސަލަތަކުގެ ފައިލުތަކުގައި މައްސަލައާއި ގުޅިގެން ހުންނަށްޖެހޭ ހުރިހާ ލިޔުންތަކެއް ހަމައަށް ހުރިތޯ ބެލުމާއި، ރިޕޯޓު ތައްޔާރުކޮށް ފައިލަށް ލެވިފައިވޭތޯ ބެލުން.

- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކަށް ގެންނަށް ފެންނަ ބަދަލުތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓު ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ގަވާއިދުތަކަށް ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް ކޯޓު ހިންގުމާއި ހަވާލުވެވަޑައިގެން ހުންނަވާ މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ކުރުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް، ފޮނުވަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް ހޯދުމަށް އެދޭ ފަރާތްތަކަށް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ގަވާއިދުން ދޫކުރުން.

- ޝަރުޢީ މަސައްކަތްކުރާ ދެ ސެކްޝަނަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.

- ޤާނޫނުތަކާއި ގަވާއިދުތައް އެއްކޮށް ހޯދައި ފަސޭހައިން ފެންނާނޭހެން  ބެހެއްޓުން.

- މިނޫނަސް، ޝަރީޢަތާބެހޭ ސެކްޝަންތަކުގެ މަސައްކަތްތައް، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ކުރުން.

އިންޓަވިއުކުރުން:

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ މީހުންގެ އަދަދު 20 އަށްވުރެ އިތުރުވާނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ހުށަހަޅަންޖެހޭ މަޢުލޫމާތު:

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (އެކްރިޑެޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް.

- ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީވީ

- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް އެދޭ  ފަރާތްތަކުން، މަތީގައިވާ ލިޔުންތައް 2015 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުން އެދެމެވެ.

14 ރަބީޢުލްއައްވަލް 1436

05 ޖަނަވަރީ 2015
ހޯދާ