ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

އިޢުލާން

 

މަޤާމު:

އޮފީސް އެސިސްޓަންޓް

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް އާޓްސް

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/820 ރުފިޔާ

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:

އެސް.އެސް 1

މަޤާމުގެ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ސެންޓަރުން އެހެން އޮފީސްތަކަށާއި ތަންތަނަށް ދުވަހުން ދުވަހަށް ބަހަންޖެހޭ ސިޓީއާއި ތަކެތި ބެހުން
  • ކެމްޕަސްތަކުން ސެންޓަރަށް ފޮނުވާ ޕާރުސަލްފަދަ ތަކެތި ސެންޓަރަށް ގެނައުން.
  • ސެންޓަރުން ކެމްޕަސްތަކަށް ފޮނުވާ ފޮތްތަކާއި، އެފަދަ އެހެންތަކެތި ޕާރުސަލްކުރުމުގައި ބައިވެރިވުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ނޯޓް: މި މަޤާމަށް މީހަކު ހޮވުމުގައި، ސައިކަލް ދުއްވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1.  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓު:
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:  

2015 ޖަނަވަރީ 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލާފައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަމްބަރު ފޯނާއެވެ.
31 ޑިސެންބަރު 2014
ހޯދާ