ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޕްރޮކިއޯރމަންޓް އެސިސްޓަންޓް

މަޤާމު:   ޕްރޮކިއޯރމަންޓް އެސިސްޓަންޓް

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު -/8000ރ އާއި -/10000ރ އާ ދެމެދުގެ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާއަދާކުރަން ޖެހޭ ތަން:  ތިލަފުށި ކޯޕަރޭޝަން ހެޑް އޮފީސް، މާލެ

ސެކްޝަން: ޕްރޮކިއޯރމަންޓް ޝެކްސަން

މަޤާމުގެ ޝަރުޠު:

1. މަޤާމާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ  ޖީ.ސީ.އީ.އޭ ލެވެލް ފެންވަރު ހުރުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ.އޯ ލެވެލް ފެންވަރު ހުރުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ދިވެހި އަދި އިނގިރޭސި ބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތުކުރަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކޯޓޭޝަންތައް ހޯދުމާއި ގަންނަ ތަކެތީގެ ލިޔެކިޔުންތައް ބެލެހެއްޓުން.

2. ތަކެތި ޑެލިވަރ ކުރުން އަދި ގަނެވޭ ތަކެތީގެ ފެންވަރު ބަލައި އިވެލުއޭޓް ކުރުން.

3. ސަޕްލަޔަރުންނާއި ތަކެތި ގަތުމުގައި އަގު ނެގޯޝިއޭޓް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ:އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

8 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ އަށް ހުށަހެޅުއްވުން އެދެމެވެ.
އީމެއިލް އިން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)

6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

30 ޑިސެންބަރު 2014
ހޯދާ