މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިން ގަތުމަށް

ފޮޓޯކޮޕީމެޝިން ގަތުމަށް ބޭނުންވެއްޖެ

ސްކޫލްތަކަށް 33 ފޮޓޯކޮޕީމެޝިން ގަތުމަށް ކުރެވުނު ނަންބަރު: IUL)22-PU/1/2014/234) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ 4 ފަރާތުގެ ތެރެއިން 2 ފަރާތުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށްފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، ފޮޓޯކޮޕީމެޝިން ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

06 ޖަނަވަރީ 2015 (އަންގާރަ) ދުވަހުގެ 11:00 އަށް

11 ޖަނަވަރީ 2015 (އާދީއްތަ) ދުވަހުގެ 11:00އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

08 ރަބީޢުލްއައްވަލް 1436

29 ޑިސެންބަރު 2014
ހޯދާ