ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިންތަކެއް ގަންނަން
                                ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކަށް ފޮޓޯކޮޕީމެޝިންތަކެއް ގަންނަން ބޭނުންވެގެން ކުރި އިއުލާން ނަންބަރު 733/MNU-CA-FNP/2014 އަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޖަނަވަރީ 2015 ވާ (ބުދަ) ދުވަހުގެ 11:00 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖަނަވަރީ 2015 ވާ (އާދީއްތަ) ދުވަހުގެ 12:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
07 ރަބީޢުލްއައްވަލް 1436
             29 ޑިސެންބަރު 2014
            
        
                    ހޯދާ  
                
                 
                    