މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
200 ގެ އެކްސްކަވޭޓަރ ކުއްޔަށް ހިފުން

މިއިދާރާގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަނުގެ ކުނީގެ މަސައްކަތުގައި ބޭނުންކުރުމަށް އެކްސްކަވޭޓަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: IUL)425-CB/1/2014/230)ފ(04 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ގަޑި

ދުވަސް

ތަން

މަޢުލޫމާތު ސާފުކުރެއްވުމަށް

04 ޖަނަވަރީ 2015

14:00

އާދީއްތަ

މާލޭ ސިޓީ ހޯލް

އަގު ހުށަހެޅުއްވުމަށް

11 ޖަނަވަރީ 2015

11:30

އާދީއްތަ

މާލޭ ސިޓީ ހޯލް

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

06 ރަބީޢުލްއައްވަލް 1436

28 ޑިސެންބަރު 2014
ހޯދާ