އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމު ނަންބަރު: 228458

މުސާރަ

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް

"ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު" ގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ  ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

ކައުންސިލުން ހިންގާ އެކިއެކި މަޝްރޫޢުތަކާ ގުޅިގެން ކުރިޔަށްގެންދާ ޕްރޮޖެކްޓްތައް ބިޑްކުރުމަށް ތައްޔާރުކުރަންޖެހޭ މަޢުލޫމާތު ޝީޓްތައް ތައްޔާރުކުރުމާއި، ޕުރޮޖެކްޓްތައް ބިޑްކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތާއި ޓެކްނިކަލް މަސައްކަތް ކުރުމާއި، އައްޑޫ ސިޓީގައި އަލަށް ހަދަންޖެހޭ މަގުތައް ހެދުމާއި، މަގުތައް ތަރައްޤީކުރުމާއި، ވެލިމަގުތަކާއި ތާރުމަގުތައް މަރާމާތުކުރުމާއި، މަގުތަކުގެ ކާނުތަކާއި ސޯކްޕިޓްތަކަށް ދިމާވާ މައްސަލަތަކައް ޙައްލުހޯދައިދިނުމަށް ކައުންސިލުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތަކާއި ޓެކްނިކަލް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް

ޕްރޮޖެކްޓް އޮފިސަރ މަޤާމުގެ މަސައްކަތާ ގުޅޭ (ޕުރޮޖެކްޓް މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ފަދަ) ދާއިރާއަކުން:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާ އަދާކުރަންޖެހޭ ތަން

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ، ހިތަދޫ
(ޑިވެލޮޕްމަންޓް ސަރވިސް)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚު

އިންޓަރވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި، ލިއުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.)
  2.  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  3. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ)
  5. ކޯސް ފުރިހަމަކުރުމަށްފަހު ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް ބަޔާންކޮށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް" ހުށަހަޅަންވާނެ.
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް (މި އިދާރާގެ މުވައްޒަފުން މިލި ޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީންކުރުމާއި ޝޯޓް ލިސްޓް ކުރުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ސްކްރީންކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ،  ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު، އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓްލިސްޓްކުރުމުގައި ބެލެވޭނެ ކަންތައްތަކަކީ

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

ސުންގަޑި

2014 ޑިސެންބަރު 31 ވާ ބުދަ ދުވަހު 15:00 ގެ ކުރިން، އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް.

އިތުރު މަޢުލޫމާތު

 އިތުރު މަޢުލޫމާތު ސާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6885003 ފޯނަށް ގުޅުން އެދެމެވެ.

30 ޞަފަރު 1436
22 ޑިސެންބަރު 2014
ހޯދާ