ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަގުތައް ހަލާކުވާފަދަ ވެހިކަލްތައް ޓްރެއިލަރަކަށް ނުލައި ނުދުއްވުމަށް

މިހާރަކަށް އައިސް މަގު ހަލާކުވާގޮތަށް ޗެއިނު ފުރޮޅުލީ (ރަބަރު އަދި ދަގަނޑު) އުޅަނދުތައް މަގުތަކުގައި ދުއްވަމުންދާކަމާއި އަދި މިކަމުގެ ސަބަބުން މަގުތައް ހަލާކުވަމުންދާކަން މިކޯޕަރޭޝަނަށް ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، ރަބަރު އަދި ދަގަނޑު ޗެއިނު ފުރޮޅުލީ އެއްވެސް އުޅަނދެއް ސައިޓަށް ގެންދިއުމަށާއި ގެނައުމުގައި ޢަމަލުކުރަންވާނީ، މިކޯޕަރޭޝަނުން ޤަބޫލުކުރާ ފެންވަރުގެ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމާއެކު، މިކޯޕަރޭޝަނުގެ ފަރާތުން އައްޔަންކުރާ މުވައްޒަފެއްގެ ބެލުމުގެ ދަށުން ކަމުގައި ދަންނަވަމެވެ. އެނޫންގޮތްގޮތަށް ވެހިކަލްތައް ގެންދާ ފަރާތްތަކާމެދު (އެމައްސަލައެއްގެ ބޮޑުކުޑަމިނަށް ބަލައި) އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވެމެވެ.

ހުއްދަ ހޯއްދެވުމާއި، އެއްވެސް އެހީތެރިކަމަކަށް ބޭނުންފުޅުވެލައްވާނަމަ މުނިސިޕަލް ޑިޕާޓްމަންޓުގެ ނަންބަރު 7973535، 3355128 ނުވަތަ 3355234 އާ ގުޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

02 ރަބީޢުލްއައްވަލް 1436

24 ޑިސެންބަރު 2014
ހޯދާ