މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިވާ އަމިއްލަ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިތުރުކުރުން

2015 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިވާ އަމިއްލަ ކުންފުނިތަކުން، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މިނިސްޓްރީން ހުޅުވާލި އިޢުލާނު (IUL)142-D/1/2014/85) ގައި ފުރުޞަތަށް އެދި ހުށަހަޅަންވީ މުއްދަތު ހަމަވާ ތާރީޚު ކަމުގައި ބަޔާންކޮށްފައިވަނީ 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ ކުރިންނެވެ. ނަމަވެސް، ގިނަ ކުންފުނިތަކުން އިތުރު ވަގުތު ދިނުމަށް އެދި މި މިނިސްޓްރީއަށް ހުށަހަޅަމުންދާތީ، އެ އިޢުލާނުގައި ބަޔާންކޮށްފައިވާ މުއްދަތު 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 1:30 އާ ހަމައަށް އިތުރުކޮށްފައިވާ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ. މިކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ޝަރުޠުތަކަކީ:

  1. ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުންޏަކަށް ވުން.
  2. ފަސްލައްކަ ދިވެހި ރުފިޔާގެ ބޭންކް ގެރެންޓީއެއް ޢުމްރާގެ ހުއްދަދެވޭ މުއްދަތަށް ބެހެއްޓުން.
  3. ހުށަހަޅާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ އަދި ޢުމްރާއާ ބެހޭ ކަންކަމުގެ އިންތިޒާމުތަކާއި ކަންކަން ބެލެހެއްޓުމަށް ޢައްޔަންކޮށްފައިވާ އެންމެ އިސްފަރާތަކީ ކުށުގެ ރިކޯޑެއް ނެތް، ފާއިތުވެދިޔަ އަހަރުތަކުގައި ޢުމްރާ ނުވަތަ ޙައްޖުގެ ފައިސާ މެނޭޖު ނުކުރެވިފައިވާކަމަށް މިނިސްޓްރީއަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.

ވީމާ، މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ، މިކަމަށް ޝައުޤުވެރިވާ ކުންފުނިތަކުން ތިރީގައި ބަޔާންކުރާ އެންމެހައި ލިޔެކިޔުންތަކާއެކު 2015 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިކަންހުރިކަން މި މިނިސްޓްރީއަށް 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 1:30 ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

  1. ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓިފިކެޓު، ލެޓަރހެޑް، ލޯގޯ، ސިއްކައިގެ ކޮޕީ އަދި ވޭތުވެދިޔަ 6 މަސްދުވަހުގެ ކުންފުނީގެ ބޭންކު ސްޓޭޓްމަންޓް.
  2. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި، ބޯޑުގެ މެމްބަރުންނާއި އަދި ޢުމްރާއާ ބެހޭ ކަންކަން ހަވާލުކޮށްފައިވާ އެންމެ އިސްވެރިޔާގެ އައިޑީ ކާޑުގެ ކޮޕީއާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި އަދި ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ފޯމުތައް.
  3. ކުންފުންޏާއި ޢުމްރާއަށް ގެންދާ ފަރާތާ ދެމެދުގައި ހަދަން ގަސްދުކުރާ އެއްބަސްވުމުގެ ނަމޫނާ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

25 ޞަފަރު 1436

17 ޑިސެންބަރު 2014
ހޯދާ