މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ކުޑަކުދިންގެ ހިޔާގެ ކުދިންބަލަހައްޓާ މީހުން ހޯދުމަށް ކުރި ނަންބަރު: :(IUL)459-HRM/1/2014/1024 (02 ޑިސެންބަރު 2014) އިޢުލާނުގެ ކޮންޓްރެކްޓުގެ މަޤާމާއި ދާއިމީ މަޤާމުގެ އަދަދު ބަދަލުވެފައިވާތީ އާއި 07 ޑިސެންބަރު އިން ފެށިގެން 11 ޑިސެންބަރަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވެފައިވާތީވެ، 18 ޑިސެންބަރު 2014 ވަނަ ދުވަހުން ފެށިގެން އެ އިޢުލާން ބާޠިލުކޮށްފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ، އެ މަޤާމުތަކަށް މީހުން ހޯދުމުގެ ފުރުޞަތު އަލުން ހުޅުވާލީމެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ކުޑަކުދިންގެ ހިޔާ، ވިލިމާލެ)

މަގާމު

ޗައިލްޑް ކެއަރ ސްޕަވައިޒަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އ. ޓެކްނިކަލް އޮފިސަރ ގްރޭޑް1

ރޭންކް:GS3

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ ، ވިލިމާލެ

ތަޢުލީމާއި ތަޖުރިބާ

1. ސޯޝަލް ސައިންސް/ކައުންސެލިން/ޗައިލްޑްކެއަރ ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ކުޑަކުދިންގެ ހިޔާގައި ކުދިން ބެލެހެއްޓުމަށް ތިބޭ ކެއަރ ވާކަރުންގެ މަސައްކަތްތައް ބަލައި ސުޕަވައިޒް ކުރުން

2. ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ބެލެހެއްޓުމާއި، އެ މަސައްކަތް ކުރާ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި އެހީތެރިވެދިނުން.

3. ހިޔާގައި ތިބޭ ކުދިންނަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. އަދި ކުދިން ގެންދަންޖެހޭ ތަންތަނަށް ގެންދިއުމުގެ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމު

ކުދިންބަލަހައްޓާ

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:SS1

މުސާރަ

މަހަކު -/3100

ސަރވިސް އެލަވަންސް

މަހަކު -/1000

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ ،ވިލިމާލެ

ޝަރުޠު

  1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ އެންމެހާ ކަންތައްތައް (ކާންދިނުމާއި ފެންވަރުވައި ރީތިކުރުން އަދި ސްކޫލް، ޓިއުޝަން، ޤުރުޢާން ކުލާހަށް ގެންގޮސް ގެނައުން) ބެލެހެއްޓުން.
  • އިސްލާމީ ރިވެތި އުޞޫލުތަކުގެ މަތިން ކުދިން ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމާއި ދީނީ ކަންތައްތައް ކުދިންނަށް އުގަންނައިދިނުން 
  • ސްކޫލަށްދާ އުމުރުގެ ކުދިން ސްކޫލަށް ދިއުމުގެ ކުރިން އެކުދިންގެ އަމިއްލަ އެއްޗެހި ތަރުތީބުކޮށް އުޅޭތަން ސާފުކުރުމަށް ހިތްވަރުދިނުމާއި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  • ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައި ވެސް ކުދިން ސާފުތާހިރުކަން މަތީ ބެލެހެއްޓުމާއި، އެކުދިން އުޅޭ ފްލޯތައްވެސް ސާފުތާހިރުކޮށް ބެލެހެއްޓުން
  • ކުޑަކުދިންގެ ހިޔާގެ ބޭރުގައި އޮންނަ ޙަރަކާތްތަކަށް ކުދިންނާއެކު ދާންޖެހޭ ޙާލަތްތަކުގައި އެކުދިންނާއެކު އެތަނަކަށް ގޮސް އެކުދިން ބެލެހެއްޓުމާއި ބަލިވެގެން ޑޮކްޓަރަށް ދައްކަންޖެހޭ ކުދިންނަށް އެހީތެރިވެދީ އެކުދިން ޑޮކްޓަރަށް ދެއްކުމާއި، ކުއްޖަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިނަމަ އެކުއްޖެއްގެ ކައިރީގައި އޮފީހުން ހަމަޖައްސާ އުސޫލެއްގެ މަތިން ޑިއުޓީކޮށް އެކުއްޖާ ބެލެހެއްޓުން

މަޤާމު

ކުދިންބަލަހައްޓާ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު

16

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: SS1

މުސާރަ

މަހަކު -/3100

ސަރވިސް އެލަވަންސް

މަހަކު -/1000

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ ،ވިލިމާލެ

ޝަރުޠު

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ އެންމެހާ ކަންތައްތައް (ކާންދިނުމާއި ފެންވަރުވައި ރީތި ކުރުން އަދި ސްކޫލް، ޓިއުޝަން، ޤުރުޢާން ކުލާހަށް ގެންގޮސް ގެނައުން) ބެލެހެއްޓުން.
  • އިސްލާމީ ރިވެތި އުޞޫލުތަކުގެ މަތިން ކުދިން ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމާއި ދީނީ ކަންތައްތައް ކުދިންނަށް އުގަންނައިދިނުން 
  • ސްކޫލަށްދާ އުމުރުގެ ކުދިން ސްކޫލަށް ދިއުމުގެ ކުރިން އެކުދިންގެ އަމިއްލަ އެއްޗެހި ތަރުތީބުކޮށް އުޅޭތަން ސާފުކުރުމަށް ހިތްވަރުދިނުމާއި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  • ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައި ވެސް ކުދިން ސާފުތާހިރުކަންމަތީ ބެލެހެއްޓުމާއި، އެކުދިން އުޅޭ ފްލޯތައްވެސް ސާފުތާހިރުކޮށް ބެލެހެއްޓުން
  • ކުޑަކުދިންގެ ހިޔާގެ ބޭރުގައި އޮންނަ ޙަރަކާތްތަކަށް ކުދިންނާއެކު ދާންޖެހޭ ޙާލަތްތަކުގައި އެކުދިންނާއެކު އެތަނަކަށް ގޮސް އެކުދިން ބެލެހެއްޓުމާއި ބަލިވެގެން ޑޮކްޓަރަށް ދައްކަންޖެހޭ ކުދިންނަށް އެހީތެރިވެދީ އެކުދިން ޑޮކްޓަރަށް ދެއްކުމާއި، ކުއްޖަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިނަމަ އެކުއްޖެއްގެ ކައިރީގައި އޮފީހުން ހަމަޖައްސައި އުސޫލެއްގެ މަތިން ޑިއުޓީކޮށް އެކުއްޖާ ބެލެހެއްޓުން

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރިޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅި ކަމުގައި ވިއަސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިއުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

މި ވަޒީފާތަކަށް މީހުން ނެގުމުގައި 25 އަހަރާއި 45 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންނަށް އިސްކަން ދެވޭނެއެވެ.

ސުންގަޑި

2014 ޑިސެންބަރު 29 ވަނަ ދުވަހުގެ 2:30 ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ކުޑަކުދިންގެ ހިޔާ އަށް

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ޖެނުއަރީ މަހުގެ ތެރޭގައި)(ހުރަވީ ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާގައި

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ.

18 ޑިސެންބަރު 2014
ހޯދާ