ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ފަރުނީޗަރ ވިއްކާނެ ފަރާތެއް ހޯދުން

މިކޮމިޝަނަށް ފަރުނީޗަރ ގަންނަން ބޭނުންވެގެން ކުރި ނަންބަރު IUL)455/1/20141/1018)ފ(25 ނޮވެންބަރު 2014) އިޢުލާނަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 12:00 އަށް މިކޮމިޝަނަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި އަންދާސީހިސާބާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.

  • އަގު: %55
  • ތަޖުރިބާ: %20 (ތަޖުރިބާއަށް މާކްސް ދެވޭނީ، 2012 ވަނަ އަހަރުގެ ފަހުން މިފަދަ މަސައްކަތެއް ނިންމާފައިވާކަން އެނގޭގޮތަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ، ދައުލަތުން ހިއްސާވާފައިވާ ކުންފުނިފަދަ ތަނަކުން ދީފައިވާ ލިޔުންތަކަށެވެ.)
  • މުއްދަތު: %25

25 ޞަފަރު 1436

17 ޑިސެންބަރު 2014
ހޯދާ