އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީދޫ އަވަށުގެ ދަނޑުބިންތަކަށް ކަރަންޓްލުން

އައްޑޫސިޓީގެ މީދޫ އަވަށުގެ ދަނޑުބިންތަކަށް ކަރަންޓް ލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 205/EC/IUL/2014-ފ426 (23 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެންބަރު 2014 (އަންގާރަ) ދުވަހުގެ 14:00 އަށް މި އިދާރާއަށާއި މީދޫއަވަށު އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 5 ޖަނަވަރީ 2015 (ހޯމަ) ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ކަނޑައެޅިފައިވާ ވަގުތުތަކުގައި މި އިދާރާގެ ކޮންފަރެންސްހޯލްގައާއި މީދޫއަވަށު އޮފީހުގައެވެ. މަޢުލޫމާތު ދިނުމަށާއި، އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލަށާއި މީދޫއަވަށު އޮފީހަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014
ހޯދާ