ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުސަތު

މި ކޯޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު IUL)197-A1/1/2014/50 (އޮކްޓޫބަރު 21، 2014) އިޢުލާނުން ބާޠިލުކޮށް، ރިސެޕްޝަނަށް މުވައްޒަފަކު ހޯދުމަށް އިޢުލާނުކުރަމެވެ.

ނަންބަރު: /IUL)197-A1/1/2014)  

       ވަޒީފާގެ ފުރުސަތު

ތާރީޚު: 15 ޑިސެންބަރު 2014

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް

GS 3

ރޭންކް

1

އަދަދު

ސުޕްރީމް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން

-/4465 ރުފިޔާ

އަސާސީ މުސާރަ

މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) އާއި،  ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %50 އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް.

މި މަޤާމަށް ލިބޭ އެލަވަންސް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން  އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS 2  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

އަސާސީ ޝަރުޠު

1- ކޯޓަށް އަންނަ ލިޔެކިޔުންތައް އެންޓްރީކޮށް، ސްކޭންކުރުމަށްފަހު، ސެކްޝަންތަކާ ހަމަޔަށް ފޯރުކޮށްދިނުން.

2- ސެކްޝަންތަކުން ޑިސްޕެޗްކުރުމަށް ގެންނަ ތަކެތި ޖެމްސްއިން ނަންބަރުޖަހައި، ޑިސްޕެޗްކުރުމާއި، ޕޯސްޓްކުރުމަށް ގެންނަ ތަކެތި ޕޯސްޓްކުރުމަށް ފޮނުވުން.

3- ކޯޓަށް އަންނަ އެކި ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއި، ކައުންޓަރަށް އެކި ކަންކަމުގައި އަންނަ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.

4- ކައުންޓަރުގައި ގެންގުޅޭ އެކިއެކި ފޮތްތަކާއި ރެކޯޑުތައް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ހުށަހަޅަންޖެހޭ ތަކެތި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 2014 ޑިސެންބަރު 28 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، މި ކޯޓަށް ފޮނުވުން އެދެމެވެ.

ސުންގަނޑި

1- މި މަޤާމަށް ހުށަހެޅޭ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން، އިންޓަވިއުގައި، ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން ސާބިތުކޮށްދެވޭ މިންވަރެއްގެ މައްޗަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެއްމެ ރަނގަޅުކަމަށް ފެންނަ ފަރާތަކަށް އިސްކަންދެވޭނެއެވެ.

2- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް، މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv  އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޯޓުގެ ރިސެޕްޝަން ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ. މި މަޤާމަށް އިންޓަވިއުކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 8 ޖަނަވަރީ 2015 އިން ފެށިގެންނެވެ.

އިތުރު މަޢުލޫމާތު

15 ޑިސެންބަރު 2014
ހޯދާ