ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމް ލޯނުއެހީގެ ފުރުޞަތު

މަތީތަޢުލީމަށް ދާއިމީ ގޮތެއްގައި މާލީއެހީ ދިނުމުގެ ސްކީމް ތަކުގެތެރެއިން ޓާޝަރީސްޓޫޑެންޓްސް ލޯންސްކީމްގެދަށުން  ތިރީގައިވާ ލޯނުގެ ފުރުޞަތުތައް ވަނީ ހުޅުވާލެވިފައެވެ. (އަލަށް ކިޔަވަންފަށާ ދަރިވަރުން) – ޑިސެންބަރު 2014

  ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުގެ ޖުމްލަ

ދިވެހިރާއްޖެ

ޑިޕްލޮމާ

5، 6

 

އޭސީސީއޭ

10

ނާރސިންގ

25

ބެޗްލަރސް ޑިގްރީ

7

އެކައުންޓިންގ

20

ނާރސިންގ

25

ލައިބްރަރީ ސައިންސް

5

ބިޒްނަސް މެނޭޖްމަންޓް

15

މިތާވަލްގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވއި ސްކިލްސް ޝޯޓޭޖު ލިސްޓްގައިވާ އެހެނިހެން ދާއިރާތައް

80

ޖުމުލަ

180

ރާއްޖޭން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުގެ ޖުމްލަ

ސާކް ޤައުމުތައް

ބެޗްލަރސް ޑިގްރީ

7

އޭސީސީއޭ

10

ލެބޯރަޓަރީ ޓެކްނޮލޮޖީ  

5

ފިޒިއޮތެރަޕީ

5

ސްޓެޓިސްޓިކްސް

5

އޮޕްޓޮމެޓްރީ

5

މިތާވަލްގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްސް ޝޯޓޭޖު ލިސްޓްގައިވާ އެހެނިހެން ދާއިރާތައް

15

ސްރީލަންކާ

ބެޗްލަރސް ޑިގްރީ

7

ނާސިންގ

10

ބަންގްލަދޭޝް/ސްރީލަންކާ/ ނޭޕާލް/ ޗައިނާ

ބެޗްލަރސް ޑިގްރީ

7

ޑެންޓިސްޓްރީ

10

ބަންގްލަދޭޝް/ސްރީލަންކާ/ ނޭޕާލް/ ޗައިނާ

ބެޗްލަރސް ޑިގްރީ

7

އެމް.ބީ.ބީ.އެސް

15

ޖުމްލަ

80

ނޯޓް: މިލޯނު އެހީ ހޯދުމަށްޓަކައި ކޮންމެ ފަރާތަކުންވެސް ހުށަހެޅޭނީ 1 އެޕްލިކޭޝަންފޯމެވެ. 1 އެޕްލިކޭޝަނަށްވުރެ އިތުރަށް ހުށަހަޅާއިފިނަމަ ހުރިހާ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ކޯހުގެ ދާއިރާ/ ޢަދަދު

މިސްކީމުން ލޯނުއެހީ ދެވޭނީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. ތަޢުލީމީ މަރުޙަލާއެއް ނިމި އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރެއްކަމުގައިވުން.

ށ. ދިވެހި ރާއްޖޭގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 5 ން ފެށިގެން އެމް.އެން.ކިޔު.އެފް. ލެވެލް 7 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް ވުން. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ފެންވަރުގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް ވުން.

ނ. ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ކިޔަވަން ހުށައަޅާ ފަރާތަކަށްވުން.

ރ. ފުރިހަމަ ކުރަން ބޭނުންވާ ކޯހަކީ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ފާހަގަ ކުރެވިފައިވާ ކޯހަކަށްވުން.

ބ. ލޯނަށްއެދި ހުށައަޅާ ފަރާތުން ފުރިހަމަ ކުރަން ބޭނުންވާ ކޯހަކީ މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން.

ޅ. ރާއްޖެއިން ބޭރުގައި ކިޔެވުމަށް އެދޭ ކޯހެއްނަމަ، އެކޯހަކީ ކޯސްހަދާ ޤައުމުގެ ލޯކަލް ކޯހެއްކަމުގައިވުން.

ކ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނުއެހީގެ ގޮތުގައި ފުރުޞަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.

އ. ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ލޯނެއް ނަގާފައިވާނަމަ ގަވާޢިދުން ފައިސާ ދައްކަމުން ގެންދާ ފަރާތެއް ކަމުގައި ވުން.

ވ. ޑިޕާރޓްމެންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ބްލެކްލިސްޓްކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓް ވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މ. ލޯނަށްއެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު ބޮންޑްގެ ޚިދުމަތަށް ރިޕޯޓްނުކުރާ ފަރާތެއް ކަމުގައި ނުވުން.

ފ. ލޯނަށް އެދޭ ފަރާތަކީ ލޯނުގެ ގޮތުގައި ނެގި ފައިސާ، ލޯނުއެހީ ނަގާއިރު ބޭންކް އޮފް މޯލްޑިވްސްއާ އެކު ހަދާ އެއްބަސްވުމުގައިވާ ފަދައިން  ލޯނުއެހީ ނެގި ބޭންކަށް ދައްކަން އެއްބަސްވާ ފަރާތެއްކަމުގައިވުން.

ދ. ލޯނުއެހީއަށް އެދޭފަރާތުން ލޯނުފައިސާ އަނބުރާ ނުދައްކައިފިނަމަ، އެފައިސާ ދެއްކުމަށް ޖާމިނުވާ ގެރެންޓަރ އެއްހުރުން.

ތ. ކިޔެވުމަށް ލޯނުއެހީ ހޯދުމަށް ހުށައަޅާ ކޯހަކީ ކިޔެވުމަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް ހިންގާ ކޯހެއްކަމުގައިވުން.

ލ. ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ދަރިވަރެއްނަމަ، ކިޔަވަން އެދޭ ކޯހަކީ މި ލޯނު ސްކީމުގެ އެނެކްސް 8 ގައިވާ ލިސްޓްގައި ހިމެނޭ ކޯހެއްކަމުގައި ނުވުން.

ގ. ލޯނުއެހީ ލިބިގެން ކިޔަވާ ނިމުމަށްފަހު، ސަރުކާރުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް ބޮންޑުކުރުމަށް އެއްބަސްވާ ދަރިވަރެއްކަމުގައިވުން.

ޏ. ޢުމުރުން 18 އަހަރު ފުރިފައިވުން.

ސ. ދިވެހި ރައްޔިތެއްކަމުގައިވުން.

ޝަރުޠު

  • ލޯނުއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދެވޭނީ އެޕްލިކޭޝަންފޯމު ހުށަހަޅާ ފަރާތްތަކަށް، ޓާޝަރީ ސްޓުޑެންޓްސް ލޯންސްކީމްގެ އުސޫލުގައި ބަޔާންކޮށްފައިވާ ތަރުތީބުގެ މަތީންނެވެ.
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޒަރިއްޔާއިން އެޕްލިކޭޝަންފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށައަޅާ ސެޓްފިކެޓްތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމް، ސޮއި އަދި ތާރީޚް އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބަލައެއްނުގަނެވޭނެއެވެ.
  • ޓާޝަރީ ސްޓުޑެންޓް ލޯންސްކީމްގެ އުސޫލާއި އުސޫލުގެ އެނެކްސްތައް އަދިއެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv ގައި ލިބެންހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުޞޫލު ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
  • އެޕްލިކޭޝަން ޑިސްކޮލިފައި ނުވާނޭ ގޮތް ހެދުމަށްޓަކައި އެޕްލިކޭޝަންފޯމު ހިފައިގެން އަންނަ ފަރާތުގެ ހާޒިރުގައި އެޕްލިކޭޝަންފޯމާއެކު ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލޭނެއެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ބޭނުންވާ ތަކެތި ހަމަނުވާނަމަ އެޕްލިކޭޝަންފޯމު ބަލައެއް ނުގަނެވޭނެއެވެ.
  • އެޕްލިކޭޝަން ބަލައިގަތުމަށްފަހު އެޕްލިކޭޝަންފޯމަށް ނުވަތަ ފޯމާއެކު ހުށައެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި އެފަރާތަށް އެހެން އެޕްލިކޭޝަނެއް ހުށައެއް ނޭޅޭނެއެވެ. ފޯމު ހުށައެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން އެޕްލިކޭޝަނެއް ހުށައަޅާނަމަ ކުރިން ހުށައެޅި އެޕްލިކޭޝަން ކެންސަލް ކުރުމަށް، ފަހުން ހުށައަޅާ އެޕްލިކޭޝަނާއެކު ލިޔުމުން ހުށަހަޅަންވާނެއެވެ.
  • ފޯމުބަލައިގަތުމުގެ އެންމެފަހުދުވަހު ފޯމުހުށައަޅަން އައުމުން، ފޯމުގައި ފުރިހަމަނުކުރެވޭ ބައެއްއޮތްނަމަ ނުވަތަ ފޯމުފުރިހަމަކުރެވިފައިވަނީ ރަނގަޅަށްނޫންނަމަ، ފޯމުހުށައެޅުމަށް އޮންނަ ވަގުތުގެ ތެރޭގައި، އަލުން ފޯމުރަނގަޅުކޮށްގެން ފޯމުލުމުގައި ދަތިތަކެއް ކުރިމަތިވާތީ، ފޯމު ހުށައެޅުމުގެ އެންމެ ފަހުދުވަހާހަމައަށް މަޑުނުކޮށް ފޯމު ހުށައެޅުމަށް ނަޞޭޙަތްތެރިވަމެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. ލޯނުއެހީގެ ދަށުން ކިޔަވަން ފަށާފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްކުރެވޭނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާރޓްމެންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށައެޅޭނެއެވެ.
  • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އުޞޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

  • ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަންފޯމާއި އުސޫލު 21 ޑިސެންބަރު 2014 އިން ފެށިގެން 15 ޖަނަވަރީ 2015 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހު 14:45 އަށް، ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާރޓްމެންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިޑިޕާރޓްމެންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިޑިޕާރޓްމެންޓްގެ ވެބްސައިޓްއަކީ: www.dhe.gov.mv  އެވެ.
  • ކޮންމެ އެޕްލިކޭޝަން ފޯމަކާއެކު ނަންބަރެއް ދޫކުރެވޭނެއެވެ. އަދި ފޯމް ޑައުންލޯޑްކުރައްވާ ފަރާތްތަކުންވެސް 15 ޖަނަވަރީ 2015 ގެ ކުރިން، ނަންބަރެއް ނަންގަވަންވާނެއެވެ.
  • މިސްކީމާއެކު އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:
  • އެޕްލިކޭޝަން ފޯމް.
  • ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް – ޑިސެމްބަރ 2014 ގެ އުސޫލާއި އުސޫލުގެ އެނެކްސްތައް

އެޕްލިކޭޝަން ފޯމު ދޫކުރުން:

އެޕްލިކޭޝަންފޯމު ބަލައިގަތުން އޮންނާނީ 2015 ޖެނުއަރީ މަހުގެ 18 ން 22 އަށް ހެދުނު 9.00 ން ފެށިގެން 15:00 އާދެމެދުއެދުވަހަކަށް ދޫކޮށްފައިވާ ނަމްބަރުތައް ނިމެންދެން، ވެލާނާގޭ ދެވަނަ ތަޅުމުގައެވެ.

ސުންގަޑި:

ނަމްބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވާ ފަރާތްތަކަށް މިމުއްދަތުގައި މި ޑިޕާރޓްމެންޓަށް ވަޑައިގަތުމުން، މި ޑިޕާރޓްމެންޓްގެ ކައުންޓަރުން ނަމްބަރު ލިބިވަޑައިގަންނަވާނެއެވެ.

ނަމްބަރު ދޫކުރުން:

އިތުރު މަޢުލޫމާތު: ޓާޝަރީސްޓޫޑެންޓްސް ލޯންސްކީމްގެ އުސޫލާއި އުސޫލުގެ އެޕެންޑިކްސް އަދި އެޕްލިކޭޝަން ފޯމު ބެއްލެވުމަށްފަހު، ސާފުނުވާކަމެއް އޮވެއްޖެނަމަ، އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަމްބަރަށެވެ.

16 ޑިސެންބަރު 2014
ހޯދާ