ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލޯނު އެހީގެ ފުރުޞަތު

ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމް – ރާއްޖޭއާއި ރާއްޖެއިން ބޭރުގައި މިހާރު މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް (އޮންގޮއިންގ)– ޑިސެމްބަރ 2014

ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމް – ޑިސެންބަރު 2014 ގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުޅުވާލެވިފައިވާ ސްކިލްސް ޝޯޓޭޖް ލިސްޓް ގައި ހިމެނޭ ދާއިރާގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރުން.

ކޯހުގެ ދާއިރާ:

ޤައުމު

ކޯސް (ލެވެލް)

ފުރުޞަތުތަކުގެ ޢަދަދު

ދިވެހިރާއްޖެ

ބެޗެލާރސް ޑިގްރީ (ލެވެލް 7، 8)

10

ރާއްޖެއިން ބޭރު

ބެޗެލާރސް ޑިގްރީ (ލެވެލް 7، 8)

10

ޖުމުލަ

20

ފުރުޞަތުތަކުގެ ތަފުސީލު

މިސްކީމުން ލޯނު އެހީދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. އެހީއަށް އެދި ހުށަހަޅާ ދަރިވަރަކީ މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން. މިހާރު މަތީ  ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއް ކަމުގައި ބެލޭނީ، 1 ޑިސެންބަރު 2014 ގެ ކުރިން ކިޔެވުން ފެށިފައިވުމާއެކު 1 ޑިސެންބަރު 2014 އަށް ފަހު ސެމިސްޓަރގެ ކިޔެވުން ނުފެށޭ ދަރިވަރުންނެވެ.

ށ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ މަރުކަޒަކުން ވެލިޑޭޓްކުރާ ކޯހެއް ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވުން.  އިންޓާރންޝިޕް ހަދާ ދަރިވަރުންވެސް މީގެތެރޭގައި ހިމެނޭނެއެވެ.

ނ. ފުލްޓައިމް ކޯހެއްގައި ތަޢުލީމު ހާސިލުކުރާ ދަރިވަރެއްކަމުގައިވުން.

ރ. ޑިޕާޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ފާހަގަކޮށްފައިވާ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށްވުން.

ބ. މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރާ ދަރިވަރެއްކަމުގައިވުން.

ޅ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހިލޭ އެހީގެ ގޮތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކު ކަމުގައިނުވުން.

ކ. ލޯނުއެހީ ލިބިގެން ކިޔަވައި ނިމިފައިވާ ދަރިވަރެއްނަމަ، ޤަވައިދުން ލޯނުއެހީގެ ފައިސާ، އަނބުރާ ދައްކަމުންދާ ދަރިވަރެއްކަމުގައިވުން.

އ. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މަތީ ތަޢުލީމަށް މާލީ އެހީއެއް ލިބިފައިވާ ދަރިވަރެއްކަމުގައި ނުވުން.

ވ. ލޯނުއެހީއަށް އެދި ހުށަހަޅާ ކޯހަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކްގެ ލެވެލް 7 ނުވަތަ 8 ގެ ކޯހެއްކަމުގައިވުން.

ޝަރުޠުތައް

  • މި ސްކީމް ހުޅުވާލެވިފައިވަނީ ހަމައެކަނި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ  ދަރިވަރުންނަށެވެ.
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޒަރީޢާއިން އެޕްލިކޭޝަންފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށަހަޅާ ސެޓްފިކެޓްތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • މި ސްކީމަށް ކެންޑިޑޭޓުން ހޮވުމަށް ހަމަޖެހިފައިވަނީ ފީލްޑްތަކަކަށް ޕޮއިންޓްދީ އެންމެ މަތީން ޕޮއިންޓް ލިބޭ ދަރިވަރުންގެ ތަރުތީބުންނެވެ.
  • ޕޮއިންޓް ގެ ގޮތުން، ފަހުޖާގައަށް/ ޖާގަތަކަށް ވާދަކުރާ ދަރިވަރުންގެ ޕޮއިންޓް އެއްވަރު ވެއްޖެ ނަމަ، މިޖާގަ/ ޖާގަތަކަށް ލޯނުއެހީ ލިބޭ ދަރިވަރުން ހޮވާނީ ޤުރުއަތުންނެވެ.
  • ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާއި އުސޫލުގެ އެނެކްސްތައް މިޑިޕާޓްމަންޓްގެ ވެބްސައިޓް  (www.dhe.gov.mv)އިން ލިބެންހުންނާނެއެވެ.
  • މި ސްކީމުގެ އުޞޫލާއި މި އިޢުލާނުގައި ހިމެނިފައިވާ ޝަރުޠުތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެއެވެ.
  • މިއިޢުލާނުގައިވާ މުއްދަތު ހަމަވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅި ފަރާތުން އެއްވެސް އެޕްލިކޭޝަނަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެގޮތުން ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްވެސް މުއްދަތު ހަމަވުމަށްފަހު ބަލައެއް ނުގަނެވޭނެއެވެ.
  • ފޯމު ބަލައިގަތުމުގެ މުއްދަތުގެ ތެރޭގައި ތަޢުލީމު ޙާޞިލުކުރަމުންދާ އިދާރާގެ ތައްގަނޑުޖެހި އޮރިޖިނަލް ފޯމު، ހުށަހެޅުމަށް ދަތިފުޅުވާނަމަ، އެއިދާރާގެ ތައްގަނޑުޖެހި ފޯމުގެ ކޮޕީއެއް، ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ހުށަހެޅިދާނެއެވެ. މިފަދަ ކޮޕީ ހުށައަޅާ ފަރާތްތަކުން 29 ޖަނަވަރީ 2015 ގެ ކުރިން، އޮރިޖިނަލް ފޯމު ހުށަހަޅަންވާނެއެވެ. މިމުއްދަތަށް އޮރިޖިނަލް ފޯމުތައް ހުށަނޭޅިއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ.
  • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަންފޯމާއި އުސޫލު 21 ޑިސެންބަރު 2014 އިން ފެށިގެން 15 ޖަނަވަރީ 2015 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހު 14:45 އަށް، ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިޑިޕާޓްމަންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓްއަކީ: www.dhe.gov.mv  އެވެ.
  • ކޮންމެ އެޕްލިކޭޝަން ފޯމަކާއެކު ނަންބަރެއް ދޫކުރެވޭނެއެވެ. އަދި ފޯމް ޑައުންލޯޑްކުރައްވާ ފަރާތްތަކުންވެސް 15 ޖަނަވަރީ 2015 ގެ ކުރިން، ނަންބަރެއް ނަންގަވަންވާނެއެވެ.
  • މި ސްކީމާއެކު އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:
  • އެޕްލިކޭޝަން ފޯމު.
  • ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް – ޑިސެންބަރު 2014 ގެ އުސޫލާއި އުސޫލުގެ އެނެކްސްތައް

އެޕްލިކޭޝަން ފޯމު ދޫކުރުން:

އެޕްލިކޭޝަން ފޯމު ބަލައިގަތުން އޮންނާނީ 2015 ޖަނަވަރީ މަހުގެ 18 ން 22 އަށް ހެދުނު 9.00 ން ފެށިގެން 15:00 އާ ދެމެދު އެދުވަހަކަށް ދޫކޮށްފައިވާ ނަމްބަރުތައް ނިމެންދެން، ވެލާނާގޭ ދެވަނަ ތަޅުމުގައެވެ.

ސުންގަޑި:

ނަމްބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވައި ފަރާތްތަކަށް މިމުއްދަތުގައި މި ޑިޕާޓްމަންޓަށް ވަޑައިގަތުމުން، މި ޑިޕާޓްމަންޓްގެ ކައުންޓަރުން ނަމްބަރު ލިބިވަޑައިގަންނަވާނެއެވެ.

ނަމްބަރުދޫކުރުން:

އިތުރު މަޢުލޫމާތު: ޓާޝަރީސްޓޫޑެންޓްސް ލޯންސްކީމްގެ އުސޫލާއި އުސޫލުގެ އެޕެންޑިކްސް އަދި އެޕްލިކޭޝަން ފޯމް ބެއްލެވުމަށްފަހު،  ސާފުނުވާ ކަމެއް އޮވެއްޖެނަމަ، އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަންބަރަށެވެ.

16 ޑިސެންބަރު 2014
ހޯދާ