މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
90 ފޫޓާއި 100 ފޫޓާ ދެމެދުގެ 02 ދޯނި ކުއްޔަށް ހިފުން

މި ކައުންސިލުގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ކުނީގެ މަސައްކަތް ކުރުމަށް 90 ފޫޓާއި 100 ފޫޓާ ދެމެދުގެ 02 ދޯނި ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުމަށް

22 ޑިސެންބަރު 2014

ހޯމަ

14:00

މާލޭ ސިޓީ ހޯލް

އަގު ހުށަހެޅުއްވުމަށް

25 ޑިސެންބަރު 2014

ބުރާސްފަތި

11:30

މާލޭ ސިޓީ ހޯލް

 

              

               

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

24 ޞަފަރު 1436

16 ޑިސެންބަރު 2014
ހޯދާ