ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1000 ވޯޓުގެ 4 ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ވޮލީކޯޓުގައި 1000 ވޯޓުގެ 4 ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު ވޮލީކޯޓުގައި މިހާރު ހަރުކޮށްފައިވާ 4 ލައިޓް ނައްޓާލުމަށްފަހު 1000 ވޯޓުގެ 4 ލައިޓް އަމިއްލަ ޚަރަދުގައި ގަނެ ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދޭނެ ފަރާތްތަކުން 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

ބިޑް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުސޫލު ތިރީގައި މިދަންނަވަނީއެވެ.

މަސައްކަތުގެ އަގަށް 85 ޕޮއިންޓް

މުއްދަތަށް       10 ޕޮއިންޓް

މާލީ ތަނަވަސްކަމަށް:  5 ޕޮއިންޓް

މުއްދަތަށާއި، މާލީ ތަނަވަސްކަމަށް ޕޮއިންޓް ދެވޭނީ އެކަން ކަށަވަރުކޮށްދޭ ލިޔުން ހުށަހަޅާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.               

22 ޞަފަރު 1436

14 ޑިސެންބަރު 2014
ހޯދާ