ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮކިއޯރމަންޓް އެސިސްޓަންޓް

މަޤާމު:   ޕްރޮކިއުމަންޓް އެސިސްޓަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާއަދާކުރަން ޖެހޭ ތަން:  ތިލަފުށި ކޯޕަރޭޝަން ހެޑް އޮފީސް، މާލެ

ސެކްޝަން: ޕްރޮކިއުމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

1. މަޤާމާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ  ޖީ.ސީ.އީ.އޭ ލެވެލް ފެންވަރު ހުރުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ދިވެހި އަދި އިނގިރޭސި ބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތުކުރަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކޯޓޭޝަންތައް ހޯދުމާއި ގަންނަ ތަކެތީގެ ލިޔެކިޔުންތައް ބެލެހެއްޓުން.

2. ތަކެތި ޑެލިވަރ ކުރުން އަދި ގަނެވޭ ތަކެތީގެ ފެންވަރު ބަލައި އިވެލުއޭޓް ކުރުން.

3. ސަޕްލަޔަރުންނާއި ތަކެތި ގަތުމުގައި އަގު ނެގޯޝިއޭޓް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

25 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ އަށް ހުށައެޅުއްވުން އެދެމެވެ.
އީމެއިލް އިން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)

6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

    މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

14 ޑިސެންބަރު 2014
ހޯދާ