ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އޮފިސަރ

އަދަދު:01

އަސާސީ މުސާރަ: ހަމަޖައްސާނީ ތަޢުލީމީ ފެންވަރަށާއި އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ބެލުމަށްފަހު

މަސައްކަތް ކުރަންޖެހޭތަން/ ޑިޕާޓްމަންޓް: އެސްޓީއޯ ހެޑް އޮފީސް / މެނޭޖިންގ ޑިރެކްޓަރސް ބިއުރޯ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1500ރ – -/2500ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެ

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ

* މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* މެނޭޖިންގ ޑިރެކްޓަރ ބިއުރޯއަށް ފޮނުވާ ޑޮކިއުމެންޓްތައް ބެލެހެއްޓުން

* މެނޭޖިންގ ޑިރެކްޓަރގެ މީޓިންގ ޝެޑިއުލް ކަންތައް ބެލެހެއްޓުން

* މިނޫންވެސް މެނޭޖިންގ ޑިރެކްޓަރ ބިއުރޯގެ އެހެނިހެން މަސައްކަތްތައްކުރުން

ތަޢުލީމާއި ތަޖްރިބާ:

* މަޤާމާ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލު ކޮށްފައިވުން

* ދިވެހި އަދި އިނގިރޭސި މިދެބަހުން ފުރިހަމަޔަށް މުޢާމަލާތުކުރަން އެނގުން

* ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން

* މަޤާމުގެ ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން  2014 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސަރޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަރޓިފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344261     ފެކްސް:  3344341    ވެބްސައިޓް: www.stomaldives.com

15 ޑިސެންބަރު 2014
ހޯދާ