ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމު: ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ
ރޭންކް: އެމް.އެސް 3
ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ޑިވިޜަން: ސްޓްރެޓެޖިކް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް
މުސާރަ: -/7035 ރުފިޔާ
ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

ލިވިންގ އެލަވަންސް

-/4000 ރުފިޔާ

އެހެނިހެން އެލަވަންސް:

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: 2462/25 ރުފިޔާ

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

01

ތަޢުލީމާއި ތަޖުރިބާ:
  1. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
  1. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ސްޓްރެޓެޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް ޔުނިޓުގެ މަސައްކަތްތައް ހިންގައި ސުޕަރވައިޒްކޮށް ބެލެހެއްޓުން. މިގޮތުން މުވައްޒަފުންނާއި މަސައްކަތް ހަވާލުކޮށް އެ މަސައްކަތް ހިނގާނުހިނގާ ގޮތް ބެލުން.
  2. ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީ އާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން.
  3. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން. އަދި ސްޓްރެޓީޖިކް ޕްލޭން ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސްޓްރެޓީޖިކް ޕްލޭންގައިވާ ކަންތައްތައް މޮނިޓަރކޮށް ކޮންމެ ހަމަހަކުން ޕްރޮގުރެސް ރިޕޯޓެއް އެކުލަވާލައި ހުށަހެޅުން.
  4. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގުރާމުތައް ދެނެގަނެ، ތަމްރީނުކުރުމަށް ބޭނުންވާ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  5. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިދާރާގެ ޓްރެއިނިންގ ރިކުއާރމަންޓް އެކުލަވާލުން.
  6. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަކީ އައި.އެސް.އޯ ސަރޓިފައިޑް ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލައި، އަދި އެކަންތައްތަކާ ބެހޭގޮތުން ކޮންމެ ހަމަހަކުން ރިޕޯޓެއް އެކުލަވާލައި ހުށަހެޅުން.
  7. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހިންގުމާއި އެއާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  8. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުން.
  9. ސިވިލް ސަރވިސް ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  11. ކޮމިޝަނުގެ އިދާރާގެ ވަޒީފާތަކަށް ހޮވޭ މުވައްޒަފުން ވަޒީފާއަށް ތަޢާރަފު ކުރުމާއި އިދާރާގެ މަސައްކަތްތަކަށް އަހުލުވެރިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  12. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ވަޒީފާއާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި ސިޓީތަކަށް ސުޕަވައިޒަރުގެ ލަފާޔާއެކު ޖަވާބު ދިނުން.
  13. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ހާޒިރީ އާއި ޗުއްޓީގެ ރިކޯޑު ބަލަހައްޓާ ސޮފްޓްވެއަރ ބެލެހެއްޓުމާއި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ޓެކްނިކަލް ބޭފުޅުންގެ އެހީ ހޯދުމުގެ މަސައްކަތް ކުރުން. 
  14. ކޮމިޝަންގެ އިދާރާގެ އެޗް. އާރު. އެމް. ޑީ ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
  15. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  16. ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  17. ކޯޕަރޭޓް ސަރވިސަސްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  18. ކޮމިޝަނުގެ އަދި ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  19. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ޙަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

04 ޖަނަވަރީ 2015 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %54)    

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން 2015 ޖަނަވަރީ 05 އާއި 2015 ޖަނަވަރީ 15 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

24 ޞަފަރު 1436

 

 

 

 

 

 

 

 

 

 

 

 

 

16 ޑިސެންބަރު 2014
ހޯދާ