ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: MNU-HR/2014/729

ތާރީޚު: 18 ޑިސެންބަރު 2014

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 5,437.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ދާއިރާ:

ހޮސްޕިޓަލިޓީ / ޓޫރިޒަމް

ރޭންކް:

2

މަޤާމުގެ ޝަރުޠު:

  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

ލެކްޗަރަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުސަތު ހުޅުވައިލަމެވެ.

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 11,374.40 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު4,874.74 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ދާއިރާ

ހޮސްޕިޓަލިޓީ / ޓޫރިޒަމް

ރޭންކް:

1

މަޤާމުގެ ޝަރުޠު:

  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް  7 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަސްއޫލިއްޔަތު:

  1. ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން.
  2. ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ހިންގުން.
  3. ރިސާޗް މަސައްކަތްކުރުން.
  4. ފަންނީ ހަރަކާތްތަކުގައި ބައިވެރިވުން.
  5. ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާނު ތައްޔާރުކުރުމާއި، މާކުކުރުމާއި، އެސެސްކުރުމާއި އިންވިޖިލޭޓްކުރުން.
  6. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތް ކުރުން.
  7. ދަރިވަރުންނާއެކު މަޝްވަރާ ބޭއްވުން.
  8. ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.
  9. މާއްދާ ކޯޑިނޭޓްކުރުން.
  10. މަރުކަޒާއި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުމާއި، ރޭވުމުގެ މަސައްކަތުގައި ބައިވެރިވުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

  • ހޮޓެލް ހައުސް ކީޕިންގ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އެސިސްޓެންޓް ހައުސް ކީޕިންގ ނުވަތަ އެގްޒެކެޓިވް ހައުސްކީޕިންގގެ މަޤާމުގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1.  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔުކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚް:   

2014 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލާފައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
18 ޑިސެންބަރު 2014
ހޯދާ