މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:  7035.00 ރުފިޔާ

ސާރވިސް އެލަވަންސް: 2000.00 ރުފިޔާ

ރޭންކް: އެމް.އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް  / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުތަޖުރިބާ ލިބިފައިވުން.ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރައްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1. ހިންގަން ބޭނުންވާ ޙަރަކާތްތަކާބެހޭ އަހަރީ ވޯރކްޕްލޭން، ލަފާކުރާ ޚަރަދާއެކު ތައްޔާރުކުރުން، އަދި އަހަރީ ޕްލޭންގައި ހިމެނޭ ކަންކަން، ކަމާބެހޭ  ފަރާތްތަކުގެ މަޝްވަރާއާއި އެހީތެރިކަން ހޯދައި އެކަންކަން ވިލަރެސްކޮށް ހިންގުން.

2. ހިންގަން ހަމަޖެހިފައިވާ ކޯސްތަކާއި، ޕްރޮގްމްތައް ބެލެހެއްޓުމަށް ހަވާލުވެފައިވާ ކޯޑިނޭޓަރުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ދިމާވާ ދަތިތައް ޙައްލުކުރުމުގައި އެހީތެރިވެދިނުން.

3. ހިންގަމުންދާ ކޯސްތައް/ ޕްރޮގްރާމްތައް މުތާލިއާކޮށް އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް މަރުކަޒުގެ އެންމެ އިސްވެރިޔާގެ ލަފައާއި އިރުޝަދުގެ މަތިން ކުރުން.

4. ހިންގާ ކޯހުގެ ގަޑިތައް ކަނޑައެޅުމާއި، ކިޔަވައިދޭ ފަރާތްތަކާއި މަޝްވަރާކޮށް ގަޑިތައް ހަމަޖެއްސުމާއި، އެގަޑިތައް ފެސިލިޓޭޓަރުން ޙާޒިވޭތޯ ބެލުމާއި، ހުސްގަޑިއެއް ދިމާވެއްޖެނަމަ އެގަޑިއެއް ފުރާނެ އިންތިޒާމު ހަމަޖެއްސުން.

5. ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

ހ. ހިންގާ ޙަރަކާތްތަކައި ގުޅޭ ރިޕޯޓެއް އެޙަރަކާތެއް ހިންގައި ނިމޭތާ ގިނަވެގެން 2 ހަފްތާ ތެރޭގައި އެމް.އެން.އައި.އެސްގެ އެންމެ އިސްވެރިޔާއަށް ހުށަހަޅައި ގެންނަން ފެންނަ އިޞްލާޙެއް އޮތްކަމަށްވާނަމަ އެ ބޭފުޅެއްގެ މަތިން ގެނައުން.

ށ. ހިންގާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް އިދާރާގެ އެންމެ އިސްފަރާތާ ހިއްސާކުރުން.

6. ކޯސްތަކުގައި ކިޔަވައިދޭ އިންސްޓްރަކްޓަރުން/ ފެސިލިޓިޓަރުންގެ އެގްރިމެންޓްގެ މަސައްކަތާއި އެލަވަންސް ދިނުމުގެ ކަންތައް އޮންނަ އުސޫލުގެ މަތީން ކުރިއަށް ގެންދިއުން.

7. އެސޯސިއޭޝަންތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގެ ޕްރޮޕޯޒަލް ހޯދުމާއި، އެ ޕްރޮގްރާމެއް ނިމުމުން ހިނގައި ދިޔަގޮތުގެ ރިޕޯޓެއް އެ އެސޯސިއޭޝަނަކުން ހޯދުމާއި އެފަރާތަކަށް ދޭންޖެހޭ އުޖޫރައެއް މާލިއްޔަތު ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ސެކްޝަން މެދުވެރިކޮށް ހޯދުމުގެ އިންތިޒާމު ހަމަޖެއްސުން.

8. ހަވާލުވެފައިވާ ކޯސްތަކާއި ޕްރޮގްރާމްތަކާއި ބެހޭގޮތުންބާއްވާ ބައްދަލުވުންތަކުގެ ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެކަންކަން ކުރިއަށްދޭތޯ ބަލައި ކަށަވަރުކުރުން.

9. ހަވާލުވެފައިވާ މަސައްކަތުގެ މަޢުލޫމާތާއި، ފައިލުތައް ބޭނުންވެއްޖެ ހިނދެއްގައި ފަސޭހަކަމާއެކު ފެންނަގޮތުގެ  ނިޒާމެއް ޤާއިމުކޮށް ބަލަހައްޓާނެ އިންތިޒާމް ހަމަޖެއްސުން.

10. ވަޒީފާ އަދާކުރުމުގައި އެމް.އެން.އައި.އެސް އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތް ކުރިއަށް ގެންދިއުން.

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ:  4465.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް  / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1. ސެކްޝަނަށް އަންނަ ލިޔެކިއުންތައް ބަލައިގަނެ އެންޓަރކުރުން.

2. އޮފީސް ހުޅުވައި ލައްޕާ ތާވަލު ހަދައި، މުވައްޒަފުންނާ ޙަވާލުކުރުން.

3. މަސައްކަތު މީހުން ސްޕަވައިޒްކުރުން.

4. ސްޓޮކް އަޕްޑޭޓުކޮށް ބެލެހެއްޓުން.

5. ސެމިނާރ ރޫމް އޮންނަ ގަވާއިދެއްގެ މަތިން އެކިފަރާތްތަކަށް ދޫކުރުން.

6. ބާއްވާއެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ނިންމާކަންތައްތައް ނޯޓުކުރުމާއި، ދުވަހުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ނޯޓުކޮށް ކޮންމެ ދުވަހަކު ޔައުމިއްޔާ ލިޔެ ބަލަހައްޓާ މުވައްޒަފަކާއި ޙަވާލުކުރުން.

7. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އާއި ނޯޓްފަދަތަކެތި ޓައިޕްކޮށް އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

8. ސްޓާފް މީޓިންގ ޔައުމިއްޔާ ބެލެހެއްޓުން.

9. ވަޒީފާ ބަޔާނާ ބެހޭ މަސައްކަތްކުރުން.

10. އަހަރީ ރިޕޯޓު ތައްޔާރުކުރުން.

11. މުއައްޒަފުންގެ ސަލާމްބުނުމާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން.

12. އޮފީސް ހުޅުވައި ލެއްޕުމަށް ތާވަލެއް ހަދާ މުވައްޒަފުންނާއި ޙަވާލުކުރުން.

14. ބަޖެޓް އަދި ޕްރޮކިއުމަންޓް މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ ނަން: އެސިސްޓެންޓް ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ

މުސާރަ:  4465.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލްއޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް  / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ހިންގަން ބޭނުންވާ ޙަރަކާތްތަކާބެހޭ އަހަރީ ވާރކްޕްލޭން، ލަފާކުރާ ޚަރަދާއެކު ތައްޔާރުކުރުން. އަދި އަހަރީ ޕްލޭންގައި ހިމެނޭ ކަންކަން، ސްޕަރވައިޒަރުގެ މަޝްވަރާއާއި އެހީތެރިކަން ހޯދާ، އެކަންކަން ވިލަރެސްކޮށް، ހިންގުން.
  2. ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމްތައް ކޯޑިނޭޓްކޮށް ދިމާވާ ދަތިތައް ޙައްލުކުރުމުގައި ކަމާގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
  3. ހިންގާ ޕްރޮގްރާމްތައް ރޭވުމާއި ، ޕްރޮގްރާމް ހިންގުމަށް ފެސިލިޓޭޓަރުން ހޯދުމާއި، ރާވާފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ދޭތޯ ބަލައި ވިލަރެސްކުރުން.
  4. ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

ހ.

ހިންގާ ޙަރަކާތްތަކާގުޅޭ ރިޕޯޓެއް، އެޙަރަކާތެއް ހިންގާ ނިމޭތާ ގިނަވެގެން 1 ހަފުތާ ތެރޭގައި ސުޕަވައިޒަރަށް ހުށަހަޅައި ގެންނަން ފެންނަ އިޞްލާޙެއް އޮތްކަމަށްވާނަމަ އެބޭފުޅެއްގެ މަޝްވަރާގެ މަތިން ގެނައުން.

ށ.

ހިންގާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް ސްޕަވައިޒަރާއި ޙިއްސާކުރުން.

  1. ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އިންސްޓްރަކްޓަރުން / ފެސިލިޓޭޓަރުންގެ އެގްރިމެންޓްގެ މަސައްކަތާއި އެލަވަންސް ދިނުމުގެ ކަންތައް   އޮންނަ އުސޫލުގެ މަތީން ކުރިއަށް ގެންދިއުން.
  2. ހަވާލުވެފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ފައިލްތައް ބޭނުންވެއްޖެ ހިނދެއްގައި ފަސޭހަކަމާއިއެކު ފެންނާނެގޮތުގެ ނިޒާމެއް ޤާއިމުކޮށް ބަލަހައްޓާނެ އިންތިޒާމް ހަމަޖެއްސުން.
  3. ޕްރޮގްރާމެއް ފެށުމުގެ ކުރިން، އެޕްރޮގްރާމެއް ހިންގުމަށްޓަކައި ފޮނުވަންޖެހޭ ހުރިހާ ރަސްމީލިޔެކިއުމެއް މަދުވެގެން 2 ހަފުތާގެ ކުރިން ކަމާބެހޭ ފަރާތްކަށް ފޮނުވައި މަޢުލޫމާތު ހިއްސާކުރުން.
 

ނޯޓް:

  1. އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމާއި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
  2.  އެސިސްޓެންޓް ސްޕޯރޓްސް ޑިވެލޮޕްމަންޓް އޮފިސަރގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
  3. މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  4. މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  5. ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 29 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

23 ޞަފަރު 1436

15 ޑިސެންބަރު 2014
ހޯދާ