ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: MNU-HR/2014/725

ތާރީޚު: 18 ޑިސެންބަރު 2014

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 5,437.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ސައިންސަސް

ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ

ރޭންކް:

2

މަޤާމުގެ ޝަރުޠު:

  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

ލެކްޗަރަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުސަތު ހުޅުވައިލަމެވެ.

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 11,374.40 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު4,874.74 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ސައިންސަސް

ދާއިރާ

އިންފޮމޭޝަން ޓެކްނޮލޮޖީ

ރޭންކް:

1

މަޤާމުގެ ޝަރުޠު:

  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް  7 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކިޔަވައިދޭ ފިލާވަޅުތައް، ފެކަލްޓީން ހަމަޖައްސަވާފައިވާ ފޯމެޓަށް ތައްޔާރުކުރުން.
  2. ހަފުތާއަކު 12 ގަޑިއިރާއި 16 ގަޑިއިރާ ދެމެދުގެ އަދަދަކަށް ކިލާސްތަކުގައި ކިޔަވައިދިނުން.
  3. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.
  4. ކޯސްތަކާއި މާއްދާތައް ކޯޑިނޭޓްކުރުން.
  5. އާ މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
  6.  ދަރިވަރުންނަށް ބޭނުންވާ ސަބްޖެކްޓް އައުޓްލައިން، ސެމިސްޓަރ ފެށުމުގެ ކުރިން ތައްޔާރުކުރުވުން.
  7. ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް އަޕްޑޭޓްކުރުން.
  8.  ކަނޑައެޅިފައިވާ މުއްދަތުގައި، މާއްދާތަކުގެ އިމްތިޙާން ކަރުދާސް ތައްޔާރުކޮށް، އެގްޒާމް ކޯޑިނޭޓަރާ ހަވާލުކުރުން.
  9. އިމްޠިހާނަށްފަހު ހަވާލުކުރެވޭ ޕޭޕަރުތައް، ކަނޑައެޅިފައިވާ މުއްދަތުގައި މާކުކުރުމަށްފަހު، އެގްޒާމް ކޯޑިނޭޓަރާ ހަވާލުކުރުން.
  10. ލެކްޗަރތަކާއި، ޓިޔުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައްފަދަ ކަންކަން ރާވައި ހިންގުން.
  11. މާއްދާ ނުވަތަ ކޯސްކޯޑިނޭޓްކުރުމުގެ ޒިންމާ ހަވާލުކުރެވިއްޖެނަމަ، އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނޭގޮތް ހަމަޖެއްސުން.
  12. ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކާއި މާއްދާތަކުގެ ޕެނެލްތައްފަދަ އެކިއެކި ބައްދަލުވުންތަކާއި އެފަދަ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެ، ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުން.
  13.  އަމިއްލަގޮތުންނާއި، ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތްކުރުން.
  14. ފެކަލްޓީގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  15. ޔުނިވަރސިޓީގެ އެކިއެކި ދާއިރާތަކުގެ ބައްދަލުވުންތަކާއި ކޮމިޓީތަކުގައި ބައިވެރިވެ، ފެކަލްޓީއާއި ޔުނިވަރސިޓީގެ ކަންކަން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ، އެފަދަ ކަންކަމުގައި އިސްދައުރެއް އަދާކުރުން.
  16. ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން،  ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް ޕްރޮފެޝަނަލްކޮށް އެކުވެރިކަމާއެކު މަސައްކަތްކުރުން.
  17. މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ މިނޫން ކަންތައްވެސް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

ކޮމްޕިއުޓަރ ސައިންސް، ޑާޓާބޭސްއާއި ނެޓްވޯކިންގ ދާއިރާގެ ބޭފުޅުންނަށް އިސްކަންދެވޭނެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
  • އިންޓަރވިޔުކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
  • މި މަޤާމަށް އެދި ނަންބަރު MNU-HR/2014/717  އިއުލާނަށް ކުރިން އެޕްލިކޭޝަން ފޮނުވާފައިވާ ކެންޑިޑޭޓުން އަލުން އެޕްލިކޭޝަން ފޮނުވާކަށެއް ނުޖެހޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2014 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލާފައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެން ވެއެވެ.
18 ޑިސެންބަރު 2014
ހޯދާ