މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:   ސީނިއަރ ރިސާރޗް އޮފިސަރ                                          ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/7035

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް.3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ

މަސައްކަތްކުރަންޖެހޭތަން

މާލެ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ  މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މެރިން ރިސާރޗް ސެންޓަރުން ކުރިޔަށްގެންދާ ފަރުތަކާބެހޭ ދިރާސާ (ކޮރަލްރީފް ރިސާރޗް) ޕްރޮގްރާމް، ރާވާ، ހިންގާ އަދި އަދި ޕްރޮގްރާމް ކުރިއެރުވުން.
  • ދިވެހިރާއްޖޭގައި ހިންގޭ ކޮރަލްރީފް ރިސާރޗް އަދި މޮނިޓަރިންގ ޕްރޮގްރާމްތައް ބައްޓަން ކުރުން. ޕްރޮގްރާމް ޑިފައިންކޮށް، ޕްރޮގްރާމްތަކުގެ އަމާޒާއި މަޤްޞަދުތައް ކަނޑައަޅައި ކަރުދާސްކުރުން.
  • ކޮރަލްރީފް ރިސާރޗް ޕްރޮގްރާމުގެ ދަށުން ކުރެވޭ އެކި މަސައްކަތްތަކުގެ ނަތީޖާ އާއްމުކުރުން އަދި ސަރުކާރުގެ ޕޮލިސީއާ ގުޅުން ހުރި ނަތީޖާ މެއިންސްޓްރީމް ކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  • ޔުނިޓްގައި މަސައްކަތް ކުރާ މުވައްޒަފުން ޔުނިޓްގާ ކުރަންޖެހޭ މަސައްކަތަށް އަހުލުވެރިކުރުން. ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ކަންތައް ކަނޑައަޅާ އުސޫލުގެ މަތިން ގަވާއިދުން ކުރުން. އަދި މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ކަނޑައަޅައި އެކަން ކުރުވުމަށް ބާރުއެޅުން.
  • އަހަރު ތެރޭގައި ހިންގަން ރޭވިފައިވާ ހަރަކާތްތަކުގެ ކުއާރޓަލީ ޕްރޮގްރެސް ރިޕޯޓު ހަމަޖެހިފައިވާ އުސޫލުގެ މަތިން ގަވާއިދުން ތައްޔާރުކުރުން
  • ކޮރަލް ރީފް ރިސާރޗް ޕްރޮގްރާމް ފުޅާކުރުމަށްޓަކައި ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުން. އަދި ބޭރުގެ ފަރާތްތަކާއި ގުޅިގެން އެފަރާތްތަކުން ފަންޑުކޮށްގެން ހިންގޭ ޕްރޮގްރާމްތައް އިތުރުކުރުމަށް މަސައްކަތްކުރުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން އަދި ތަޖްރިބާ

- ކޮރަލް ރީފް އަދި މެރިންސައިންސް ދާއިރާއިން މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސާރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރި މިންވަރު   

މަޤާމު:  ސީނިއަރ ރިސާރޗް އޮފިސަރ                              ބޭނުންވާ އަދަދު  1              

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް.2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ  

މަސައްކަތްކުރަންޖެހޭތަން

މާލެ/ 

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2- މަޤާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގަތުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ފަރުމަސްވެރިކަމުގެ ދިރާސާތަކުން އެއްކުރާ މަޢުލޫމާތު ކޮމްޕައިލްކޮށް އެނަލައިޒް ކުރުން.
  • ކޮރަލްރީފް ރިސާރޗް ޔުނިޓްގެ ފީލްޑް ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މަސައްކަތްތަކުގައި އެހީތެރިވެ، ޢަމަލީގޮތުން ބައިވެރުވުން.
  • ފަރުމަސްވެރިކަމާ ބެހޭ ރިސާރޗް ޔުނިޓުން ތައްޔާރުކުރާ ދިރާސާ ރިޕޯޓުތަކާއި ޓެކްނިކަލް ރިޕޯޓުތައް ތައްޔާރު ކުރުމުގައި ބައިވެރިވުން
  • ފަރުމަސްވެރިކަމާއި ބެހޭ  ރިސާރޗް ޔުނިޓްގެ އިދާރީ މަސައްކަތްތައް ކުރުމާއި ޔުނިޓްގެ މަސްއްކަތްތަކާއި ގުޅުންހުރި، ވެބްސައިޓްގައި ޝާއިޢު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުން
  • ފަރުމަސްވެރިކަމުގެ ދިރާސާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަމްރީނާއި ސެމިނަރތައް ރާވައި ހިންގުމުގައި އެހީތެރިވުން
  • ފަރާއި ކަނޑުގެ މާޙައުލާ ގުޅޭ ދިރާސާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު މުޠާލިޢާކޮށް ޢާންމުންނަށް ފޯރުކޮށް ދިނުމުގައި އެހީތެރިވެ ދިނުން.
  • ސެންޓަރުން ހިންގާ އެހެނިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މެރިން ބަޔޮލޮޖީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު:        މަސައްކަތު                                           ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/3100

ސަރވިސް އެލަވަންސް:

މަހަކު -/1000 ރ.

ކްލެސިފިކޭޝަން

ސްޕޯރޓްސް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް.1

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މެރިން ރިސާރޗް ސެންޓަރ 

މަސައްކަތްކުރަންޖެހޭތަން

މަނިޔަފުށި 

މަޤާމުގެ ޝަރުޠު

1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލްކަން ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަނިޔަފުށީގެ މަސައްކަތްތަކަށް ހިފާގެންގުޅޭ ތަކެތި ސާފުކުރުން.
  • ޢިމާރާތާއި ވަށައިގެންވާ ސަރަޙައްދު ކުނިކަހައި ސާފުކުރުން
  • ރަށުތެރެ ވިނަނޮޅައި ކުނިކަހައި ސާފުކުރުން.
  • ރަށުގައި ގަސްއިންދައި ފެންދީ ބެލެހެއްޓުން.
  • ކަންކައި ކާންހެދުމުގެ މަސައްކަތުގައި އެހީތެރިވުން.
  • އެރަށުގައި ކުރާ ރިސާރޗް މަސައްކަތްތަކަށް އެހީތެރިވުން
  • ދޯންޏާއި ލޯންޗަށް ތަކެތި އެރުވުމާއި ބޭލުމުގައި އެހީތެރިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ޑިއުޓީ އުސޫލުން މސައްކަތް ކުރެވޭ ފަރާތަކަށްވުން.

- ގަސްތަކަށް ކާންއެޅުމާއި- ގަސް މުޑުވައްކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- ސާފުތާހިރުކޮށް މަސައްކަތްކުރާ ފަރާތެއް ކަމުގައިވުން.   

މަޤާމު:  އެޑްމިނިސްޓްރޭޓިވް އޮފިސަރ                               ބޭނުންވާ އަދަދު  1              

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

ޖީ.އެސް 3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ހެލްތް ސަރވިސް  

މަސައްކަތްކުރަންޖެހޭތަން

މާލެ/ 

މަޤާމުގެ ޝަރުޠު

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި"  މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 3 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން ނުވަތަ،
  5. މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސް އެއް ލިބެމުންދިޔުމާއެކު، ޖީ. އެސް 2 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  6. ޖީ. އެސް 3 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓްގައި ކުރަންޖެހޭ އެންމެހައި އިދާރީ ކަންތައްތަކުގައި އެހީތެރިވުން.
  • ކަރަންޓީން ކުރުމުގެ ގޮތުން ގެނެވޭ ތަކެތި ރަޖިސްޓަރީކޮށް ރިކޯޑުތައް  ބެލެހެއްޓުން.
  • ކަރަންޓީން ޔުނިޓަށް ޑިއުޓީ އުސޫލުން ނިކުންނަ މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- އެޑްމިނިސްޓްރޭޓިވް ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު:  ސީނިއަރ ލީގަލް އޮފިސަރ                                         ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/7305ރ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރ.

ކްލެސިފިކޭޝަން

ސ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް.3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕޮލިސީ އެންޑް ކޯޑިނޭޝަން ސެކްޝަން/ ލީގަލް ސަރވިސަސް

މަސައްކަތްކުރަންޖެހޭތަން

މާލެ/ މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ލީގަލް ޔުނިޓްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • މިނިސްޓްރީގެ ފަރާތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޤާނޫނާއި އޭގެ ދަށުން ހަދަންޖެހޭ ގަވައިދުތައް، ހަދައި، އިޞްލާޙު ކުރުމުގެ މަސައްކަތްކުރުން.
  • މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅުންހުރި ކަންތައްތަކުގައި ޤާނޫނީ ލަފާ ދިނުން.
  • މިނިސްޓްރީގައި ހަދައިފައިވާ އެކިއެކި އެއްބަސްވުންތަކަށް ޤާނޫނީ ލަފާ ދިނުން.
  • މިނިސްޓްރިއަށް ހުށަހެޅޭ ތަފާތު މައްސަލަތައް ބަލައި، ދިރާސާކޮށް، ދައުލަތުން މިނިސްޓްރީގެ ފަރާތުން ދާ މައްސަލަ ތަކުގައި ކޯޓަށް ދިއުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާތަޢުލީމާއި، ތަމްރީން

- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މިންވަރު

- މި މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

- ދައުލަތު މާލިއްޔަތު ގަވާއިދަށް އަހުލުވެރިމިންވަރު

ޢިނާޔަތްތައް

ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

  1. ބޭސްފަރުވާ
  2. އިތުރުގަޑީގެ ފައިސާ
ހުށަހަޅަންޖެހޭ ލިޔުންތައް
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓް ލިސްޓުކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 ޑިސެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339285 އާ ގުޅުއްވުން އެދެމެވެ.

 

16 ޑިސެންބަރު 2014
ހޯދާ