ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޕާކިސްތާންގެ ލާހޯރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ “A” ލައިސަންސް ކޯސް

02 ފެބުރުއަރީ 2015 އިން 03 މާރިޗު 2015 ގެ ނިޔަލަށް ޕާކިސްތާންގެ ލާހޯރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ “A” ލައިސަންސް ކޯހުގައި ބައިވެރިވުމަށް ދިވެހިރާއްޖެ އަށް 1 ޖާގަ ލިބިފައިވުމާއެކު، މިކޯހުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މިކޯހުގައި ބައިވެރިވުމުގެ ޝަރުޠު ތިރީގައި އެވަނީއެވެ.

ޝަރުޠު:

  1. އޭ.އެފް.ސީ “B” ލައިސަންސް ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތަކަށްވުން.
  2. ކޯހުގެ ޕްރެކްޓިކަލް ސެޝަންތަކުގައި ބައިވެރިވެވޭނެ ފަދަ ފިޓްނަސް ލެވެލް ހުރި ފަރާތެއް ކަމުގައިވުން.

 

ވީމާ، މިކޯހުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހިނގާ ޑިސެންބަރު މަހުގެ 17 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދި ސިޓީ އާއެކު ސީވީ މި އެސޯސިއޭޝަނަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

އަދި ދަންނަވަމެވެ. މިކޯހުގައި ބައިވެރިވުމަށް ޕާކިސްތާނަށް ދިޔުމާއި، ކޯސް ނިންމުމަށްފަހު ޕާކިސްތާނުން ދިވެހިރާއްޖެ އައުމުގެ އެއާރޓިކެޓް ޚަރަދަކީ ކޯހަށް ހޮވޭ ފަރާތަކުން އަމިއްލަ އަށް ކުރަންޖެހޭނެ ޚަރަދެކެވެ. ނަމަވެސް، ޕާކިސްތާނުގައި ހުރުމާއި، ކެއުމުގެ ޚަރަދު އަދި އެހެނިހެން ޚަރަދު މިއެސޯސިއޭޝަނުން ހަމަޖައްސައި ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

14 ޑިސެންބަރު 2014
ހޯދާ