އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޕްލާސްޓިކް ފުޅި ރީސައިކަލް ކުރުމުގެ ޕްރޮޖެކްޓާބެހޭ

"ދުޅަހެޔޮ ޞިއްޙަތަކަށް ސާފު ތިމާވެށްޓެއް" މިޝިޢާރުގެ ދަށުން، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިސްނަގައިގެން 13 ޑިސެންބަރު 2014 ވީ ހޮނިހިރު ދުވަހު ފަށާފައިވާ ޕްލާސްޓިކް ފުޅި ރީސައިކަލް ކުރުމުގެ ޕްރޮޖެކްޓަށް މިއެޖެންސީން ނުހަނު މަރުޙަބާ ކިޔާވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

04 ޑިސެންބަރު 2014 ވީ ބުރާސްފަތިދުވަހު މުޅި މާލެއިން ފެނުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތުން ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި ރާއްޖެއަށް އެތެރެވެފައިވާ ދަނޑިވަޅެއްގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން މިކަހަލަ ހަރަކާތެއް ކުރިއަށްގެންދާތީ މިއެޖެންސީގެ ފަރާތުން އެކަމަށް ހިތްވަރުދީ ޝުކުރު ދަންނަވަމެވެ.

މިގޮތުން، މިޕްރޮޖެކްޓް ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށްޓަކައި ޕްލާސްޓިކް ހުސްފުޅިތައް ކުނިކޮށްޓަށް އުކާލެއްވުމުގެ ބަދަލުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ ސަރަޙައްދުތަކަށް ގެންގޮސްދެއްވުމަކީ މިއެޖެންސީގެވެސް ވަރަށްބޮޑު އެދުމެއްކަމުގައި މިފުރުޞަތުގައި ފާހަގަކޮށްލަމެވެ.

ވީމާ، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިސްނަގައިގެން ހިންގަންފެށި ހަރަކާތަށް މާލޭގެ ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަމަށް މިއެޖެންސީން ޔަޤީންކުރަމެވެ.

14 ޑިސެންބަރު 2014
ހޯދާ