ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

އީ.އެކްސް 1

މަޤާމު:

ރޭންކް:

ޑިރެކްޓަރ

ކްލެސިފިކޭޝަން

ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލުގެ އިދާރާ

-

އޮފީސް / އިދާރާ

ސެކްޝަން

ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ/ ފ. ބިލެތްދޫ

-/8,835 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

-/2,000 ރުފިޔާ

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. އިދާރާގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، ދައުލަތުގެ އެކި މުއައްސަސާތަކަށް ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީވުން.
  3. އިދާރާގެ މުދަލާއި، ފައިސާއާ ބެހޭ އެންމެހާ ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ އެއްގޮތަށް ކައުންސިލްގެ ލަފާގެ މަތީން  ބެލެހެއްޓުން.
  4. ކައުންސިލް ހިނގި ގޮތުގެ ރިޕޯޓާބެހޭ މިނޫންވެސް ދައުލަތުގެ ކަމާބެހެ ފަރާތްތަކަށް އެކި މުއްދަތަށް ފޮނުވަންޖެހޭ ރިޕޯޓު ފޮނުވުމުގެ ކަންތައްތައް ބެލެހެއްޓުން.
  5. އިޖްތިމާޢީ ގޮތުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުމާއި، އިޖްތިމާޢީ ރޫޙު އާލާކުރުމުގެ ގޮތުން ކުރަންހުރި ކަންތައްތައް ރާވައި ހިންގުން.
  6. ރަށަށް ވަޑައިގަންނަވާ އިއްޒަތްތެރިންނާއި، ވަފްދުތަކުގެ ކަންތައްތައް ބެލެހެއްޓުމާއި، ބައްދަލުވުންތަކާއި ކޮންފަރެންސްތައް އަދި މިނޫންވެސް މިފަދަ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  7. ފ.ބިލެތްދޫ ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، ބަނދަރު ހެޔޮގޮތުގައި ބޭނުންކުރުމާ ގުޅޭ އެންމެހާ ކަންތައްތައް ކައުންސިލްގެ ލަފާގެ މަތިން ކޮށް ބެލެހެއްޓުން.
  8. ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓަރީ ކުރުމަށްފަހު ބޭނުންކުރުން.
  9. ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން އެ މިނިސްޓްރީތަކާއި އޮފީސްތަކަށް ކައުންސިލް މެދުވެރިކޮށް ރަށުގައި ދޭން ކަނޑައަޅާ ޚިދުމަތްތައް ދިނުމާއި ރަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންވާ އިދާރީ އެހީތެރިކަންދިނުން.
  10. އިދާރާގެ ޓްރޭނިންގެ ރިކުއަރމަންޓް ތައްޔާރުކޮށް ބެލެހެއްޓުމާއި މުވައްޒަފުންގެ ޓްރޭނިންގ ކަންތައް ބެލެހެއްޓުން.
  11. ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރުގެ ބަޖެޓް ތައްޔާރުކުރުމާއި ރަށު ކައުންސިލްގެ ބަޖެޓް ހިނގާ އަހަރުގެ ޖުލައި 31 ގެ ނިޔަލަށް ހޯދާ ކަމާބެހޭ ފަރާތުން އަންގަވާ ތާރީޚަށް ފޮނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު
  4. އިމްތިޙާނު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ޖަނަވަރީ 4 އާ 2015 ޖަނަވަރީ 15 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަވިއުއަށް އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. 

އިންޓަރވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

2014 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. (އީމެއިލް:[email protected] / ފެކްސް ނަންބަރު: 3303648)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
އުޖޫރައާއި އިނާޔަތްތައް: 
  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

23 ޞަފަރު 1436

15 ޑިސެންބަރު 2014
ހޯދާ