މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

ސަރުކާރު ބަންދު ދުވަސްތަކެއް އައުމާ ގުޅިގެން ނަންބަރު: IUL)219-MS/01/2014/25) އިޢުލާނުގައި ދީފައިވާ ތާރީޚަށް ބަދަލު ގެނެސް މުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ.

ކައުންސިލުގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު އަދި ރޭންކު:

އެސިސްޓެންޓް ޑިރެކްޓަރ  (އެމް.އެސް 3) 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

2462/25 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާޒް

ތަޢުލީމާއި ތަޖުރިބާ:

 

  1. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލް ސަރވިސްގެ ގަވާއިދުތަކާ އެއްގޮތުގެ މަތިން މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި މަސައްކަތާ ޙަވާލުވެފައިވާ މުވައްޒަފުން ލައްވާ އެ މަސައްކަތްތައް ކުރުވުން.
  2. މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލުގެ ފައިސާއާ ބެހޭ އެންމެހާ ކަންތައްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި މުވައްޒަފުން ލައްވާ ޑިރެކްޓަރ ނުވަތަ ޒިންމާދާރު ވެރިޔާގެ ލަފާގެ މަތިން އެ މަސައްކަތްތައް ކުރުވުން.
  3. ބަޖެޓް ބަލަހައްޓާ މުވައްޒަފުން މަސައްކަތްކުރާ ގޮތް ބެލެހެއްޓުމާއި އެ މަސައްކަތްތައް ގަވާއިދުން ކުރަމުންގެންދޭތޯ ބަލައި ޗެކުކުރުން.
  4. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހިސާބުތަކާއި ލިއެކިއުން ބެލެހެއްޓުމުގެ ގަވާއިދުތަކަށް ފެތޭނެހެން ކަންކަން ހިނގާތޯ ބެލުމާއި އެކަންކަން އެގޮތުގެ މަތިން ރާވައި ހިންގުން.
  5. ކޮންމެ އަހަރަކަށް ލަފާކުރާ އަހަރީ ބަޖެޓް ޒިންމާދާރު އިސް ވެރިޔާއާއި ކައުންސިލުގެ ލަފާގެ މަތީން ތައްޔާރުކުރުމާއި ބަޖެޓް އެކުލަވާލުން.
  6. ކައުންސިލުގެ އެސްޓިމޭޓް ކޮމިޓީގެ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވުން.
  7. މީޑިއާ ކައުންސިލުގެ މަޤާމުތަކަށް މީހުން ހޯދުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި، އެ ފަރާތްތަކަށް ވަޒީފާތައް ހަމަޖެއްސުމުގައި ޑިރެކްޓަރ ނުވަތަ ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ ދަށުން ނިންމަންޖެހޭ މަސައްކަތްތަކެއް ނިންމުން.
  8. މުވައްޒަފުން ސިވިލް ސަރވިސް ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރަމުންދޭތޯ ބެލުމާއި އެފަދައިން އަމަލު ނުކުރާ ފަރާތްތަކާމެދު ގަވާއިދު ތަންދޭ މިންގަނޑުގެ ދަށުން ޒިންމާދާރު އިސްވެރިޔާގެ ލަފާގެމަތިން ފިޔަވަޅުއެޅުން.
  9. މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބެލޭނެ މައިގަނޑު ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  2. އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ މި ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

ފޯމު ފޮނުވަންވީ ތާރީޚާއި ތަން:

2014 ޑިސެންބަރު 22 ވާ ހޯމަ ދުވަހުގެ 15:00 ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން 2014 ޑިސެންބަރު 28 އިން 31 އަށް މިކައުންސިލުގައި ކުރިއަށްދާނެއެވެ.

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭ ފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ފޯން ނަންބަރު: 3003886 އާ ގުޅުއްވުން އެދެމެވެ.

22  ޞަފަރު  1436  

14 ޑިސެންބަރު 2014
ހޯދާ