މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް، އެސް.އެސް 2

ސަރުކާރު ބަންދު ދުވަސްތަކެއް އައުމާ ގުޅިގެން ނަންބަރު: IUL)219-MS/01/2014/23) އިޢުލާނުގައި ދީފައިވާ ތާރީޚަށް ބަދަލު ގެނެސް މުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ.         

މި ކައުންސިލުގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު އަދި ރޭންކު:

އޮފީސް އެސިސްޓެންޓް، އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އިނާޔަތްތައް:

މުސާރަ -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

1214/50 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއަރޒް ޔުނިޓް

ޝަރުޠު:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލު ކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީހުން އެކިފަރާތްތަކަށް ބަހަންޖެހޭ ސިޓީފަދަ ތަކެތި އެފަރާތްތަކާ ރައްދުކުރުން.
  2. އޮފީސް ހުޅުވައި ލެއްޕުން.
  3. އޮފީހަށް ލިބެންޖެހޭ ފައިސާއާއި ފައިސާގެ ޗެކްތައް ނެގުމާއި އަދި އެޗެކްތައް ޖަމާކުރަން ދިއުން.
  4. އޮފީހުގައި ހުންނަ ހޮޅިބުރި ބޮކި ފަދަ ތަކެތި ނައްޓައި ހަރުކުރުން. އަދި އޮފީހުގެ ގޮނޑި، މޭޒު ފަދަ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި ހެދުން.
  5. އޮފީހަށް ގަންނަން ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދަން ތަންތަނަށް ދިއުމާއި ގެންނަންޖެހޭ ތަކެތި އޮފީހަށް ގެނައުން.
  6. އޮފީސް ފޮޅައި ސާފުކުރުމާއި ކުދި މަރާމާތުތައް ކުރުން.
  7. މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެ ފުރިހަމަގޮތުގައި އެހީތެރިކަން   ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު .
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
  • މަސައްކަތް ކުރުމުގެ ހުނަރު/ތަޖުރިބާ/ތަމްރީން/ފެންވަރު ހުރިކަން ބެލުމުގެ ގޮތުން ޕްރެކްޓިކަލް (އަމަލީ) ޓެސްޓެއް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  2. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  5. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މިފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ މިފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

ސުންގަޑި:

2014 ޑިސެންބަރު 22 ވާ ހޯމަ ދުވަހުގެ 15:00 ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަރވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުން 2014 ޑިސެންބަރު 28 އިން 31 އަށް މި ކައުންސިލްގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭ ފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލްގެ ވެބްސައިޓުން (www.mmc.org.mv) ވެސް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ފޯން ނަންބަރު: 3003886 އާ ގުޅުއްވުން އެދެމެވެ.

22 ޞަފަރު 1436 

14 ޑިސެންބަރު 2014
ހޯދާ