ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާންް

މި ކޯޓުގެ މި މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

ވަޒީފާގެ ފުރުސަތު

މަޤާމް:

އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމްގެ ރޭންކް:

އެލް.އެސް 2

މުސާރަ:

-/9412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/3000 ރުފިޔާ (ތިންހާސް ރުފިޔާ)

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުން ޖުޑީޝަލް އެލަވަންސާއި އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް

ތަޢުލީމާއި ތަޖުރިބާ:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.
  2. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކުރުމަށް މެޖިސްޓްރޭޓުންނަށް އެހީތެރިކަން ފޯރުވައިދިނުން.
  3. އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށް މީހުން ހާޒިރުކޮށްދިނުމަށް އަންނަ މެސެޖްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓުން އަންގަވާ ގޮތެއްގެމަތިން ބަޔާންތައް ނެގުން.
  4. ނިމޭ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިވޭތޯ ބަލައި، މައްސަލައިގެ ފައިލް އަރުޝީފަށް ހަވާލުކުރުން.
  5. ޤާނޫނަށް އަންނަ ބަދަލުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް ހޯދަންއެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާއިދުން ދޫކުރުން.
  6. މިނޫންވެސް، ޝަރީޢަތާހޭ ސެކްޝަނުގެ މަސައްކަތްތައް، ދާއިރާގެ އިސްމެޖިސްޓްރޭޓް ނުވަތަ ކޯޓް ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ކުރުން.

ހުށަހަޅަންޖެހޭގޮތާއި ސުންގަޑި:

2014 ޑިސެންބަރު 24 ވަނަ ދުވަހުގެ 13.30 ގެ ކުރިން، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރެއްވުމަށްފަހު މި ކޯޓަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މި ކޯޓުން ލިބެން ހުންނާނެއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.justice.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. )
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ ނުވަތަ އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

އެހެނިހެން ކަންތައްތައް

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، ކޮޕީ ހުށަހަޅާ ލިޔުންތަކުގެ އަސްލުތައް އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ތަޢުލީމީ ނަތީޖާއާއި، ލިބިފައިވާ ތަޖުރިބާއަށާއި، އިންޓަރވިއުގައި ހޯދާ މާކްސްގެ ޖުމްލައަށް ބަލައިގެންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން  އޮންނަ ތާރީޚާއި ގަޑި އެ ފަރާތްތަކަށް މި ކޯޓުން އަންގާނެއެވެ. އިންޓަވިއު އޮންނާނީ މި ކޯޓުގައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ ނަންބަރު: 6800799 ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6800084 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

19 ޞަފަރު 1436

 

11 ޑިސެންބަރު 2014
ހޯދާ