ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން އޮފިސަރ

މަޤާމު: ކޮންސްޓްރަކްޝަން އޮފިސަރ

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަރޓީ މެއިންޓެނަންސް

ޝެކްޝަން: ބިލްޑިންގ މެއިންޓެނަންސް އެންޑް މޮނިޓަރިންގ

އަދަދު: 1

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- ބިލްޑިންގ ކޮންސްޓްރަކްޝަން/ ސިވިލް އިންޖިނިއަރިންގެ ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގެ ފަރާތުން ހިންގާ ޕްރޮޖެކްޓް ސައިޓްތަކުގެ މަސައްކަތްތައް މޮނީޓަރކޮށް ބެލެހެއްޓުން.

- ހުޅުމާލޭގެ އެކިއެކި އިމާރާތްތަކާއި، ފްލެޓުތަކުގެ މަރާމާތުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.

- ދުވަހުން ދުވަހަށް މަސައްކަތް ކުރިއަށްދާ ގޮތުގެ ތާވަލުތައް ހަދައި ބެލެހެއްޓުން.

- މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން، ނިންމަންޖެހޭ ޑޮކިއުމެންޓުތަކާއި، ސިޓީ، މެމޯ އަދި ރިޕޯޓުތައް ތައްޔާރުކޮށް ނިންމުން.

- ހަވާލުކުރެވޭ އެކިއެކި ޕްރޮޖެކްޓުތަކުގެ ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- އޮޓޯކޭޑް ސޮފްޓްވެއަރ، ކޮރަލް ޑްރޯ އަދި އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

- މި ވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މުސާރަ: -/6200ރ (އެލަވަންސްތަކާއެކު މަދުވެގެން -/11130 ރުފިޔާ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

............................................................................................................

މި ވަޒީފާތަކަށް މުވައްޒަފުން އައްޔަން ކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތް ކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލޭއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                 3 ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                            ނުވަތަ                    ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                                   ފޯނު: 3353535   

ފެކްސް : 3335892                                                ފެކްސް : 3358892

 

15 ޑިސެންބަރު 2014
ހޯދާ