މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބިލްޑިންގގެ ޢިމާރާތުގެ އިންޓީރިއާއަށް ބައެއް ބަދަލު ގެންނަން

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ކަސްޓަމްސް ބިލްޑިންގގެ ޢިމާރާތުގެ އިންޓީރިއާއަށް ބައެއް ބަދަލު ގެންނަން ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2014/113) އިޢުލާނަށް މަޢުލޫމާތު ސާފުކުރަން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 12:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

19 ޞަފަރު 1436

11 ޑިސެންބަރު 2014
ހޯދާ