އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޭދޫ އަވަށުގައި އަލަށް ޢިމާރާތް ކުރެވިފައިވާ އޮފީސް ޢިމާރާތް މަރާމާތު ކުރުން

އައްޑޫސިޓީގެ ފޭދޫ އަވަށުގައި އަލަށް ޢިމާރާތް ކުރެވިފައިވާ އޮފީސް ޢިމާރާތް މަރާމާތު ކުރުން.

އައްޑޫސިޓީގެ ފޭދޫއަވަށުގައި ޢިމާރާތް ކުރެވިފައިހުރި އޮފީސް ޢިމާރާތް މަރާމާތުކުރަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

18 ޞަފަރު 1436                                           

10 ޑިސެންބަރު 2014
ހޯދާ