ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފަޔަރފައިޓަރ

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ފަޔަރފައިޓަރ

އަދަދު: 2

އަސާސީ މުސާރަ: 4500.00 ރ

މަސައްކަތް ކުރަންޖެހޭތަން: ފުވައްމުލައް އެއަރޕޯޓް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 3500.00ރ 4500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* އަލިފާނުގެ ހާދިސާއެއް ކުރިމަތިވާ ހިނދެއްގައި އަލިފާން ނިއްވުމުގެ މަސައްކަތްކޮށް، އިމަރޖެންސީ މެޑިކަލް ސަރވިސަސްއަށް ގުޅައި ފަސްއެއިޑް ލިބޭނެ އިންތިޒާމު ހަމަޖެއްސުން

* އަލިފާން ނިއްވުމަށްޓަކައި ގެންގުޅޭ އާލާތްތައް ސާފުކުރުމާއި އެއްވެސް މައްސަލައެއްވާނަމަ ސުޕަވައިޒަރަށް އެންގުން.

* ތަމްރީނުތަކުގައި ބައިވެރިވުން.

* ސުޕަވައިޒަރު ހަވާލުކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން

ތަޢުލީމީ ތަޖުރިބާ:

* ޖީ.ސީ.އީ އޯލެވެލް ނުވަތަ ޖީ.ސީ.އީ އޭލެވެލް ނިންމާފައިވުން

* އިމަރޖެންސީ މެޑިކަލް ޓެކްނީޝަން ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

* ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

* ލީޑަރޝިޕް ހުރުމާއި މީހުން ގެންގުޅެން އެނގުން

* ޝިފްޓު ޑިއުޓީގައި މަސައްކަތުގައި އުޅެވޭ ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން

* އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ޑިސެންބަރު 2014 ވަނަދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/:އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344250، ފެކްސް:  3344041  ވެބްސައިޓް: www.stomaldives.com

04 ޑިސެންބަރު 2014
ހޯދާ