ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

މި އިދާރާއަށް ޕްރޮޖެކްޓް އޮފިސަރުކަމުގެ މަޤާމަށް މީހަކު ބޭނުންވެގެން ކުރެވުނު ނަންބަރު: IUL(AD)/2014/46-ފ401 (30 އޮކްޓޫބަރު 2014) އިޢުލާނުގައި އެ މަޤާމުގެ ޝަރުޠު ބަޔާން ކުރެވިފައިވަނީ ސިވިލްސަރވިސް އިން 01 އެޕްރީލް 2013 ގައި ޢާންމުކުރެވިފައިވާ މަޤާމުތަކުގެ އަސާސީ ޝަރުޠާއި ތަޢާރަޟުވާ ޝަރުޠުތަކަކަށްވުމާއެކު، މި އިދާރާގެ ނަންބަރު: IUL(AD)/2014/46-ފ401 (30 އޮކްޓޫބަރު 2014) ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގުރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ލ. ފޮނަދޫ ކައުންސިލުގެ އިދާރާ

މުސާރަ:

-/5610 ރ

ސަރވިސް އެލަވަންސް:

-/2000 ރ

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލުން ހަދަންޖެހޭ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުމުގައި އެހިތެރިވުމާއި ޕްލޭނުގައިވާ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޕްރޮޕޯޒަލް ތައްޔާރުކުރުން.
  2. ޕްރޮޖެޓްތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ބަޖެޓް ސެކްޝަނާ ގުޅިގެން މަސައްކަތް ކުރުން.
  3. ޕްރޮޖެޓްތަކާ ބެހޭ އެއްބަސްވުންތައް ތައްޔާރުކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  4. ޕްރޮޖެޓްތަކާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.
  5. ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކުޅިވަރު ޕްރޮގްރާމްތަކާބެހޭ މަސައްކަތް ކުރުން.
  6. ރަށުގައި ހިންގަންޖެހޭ އެކިއެކި ޕްރޮޖެކްޓްތައް ރާވައި ހިންގުން.
  7. ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިއުމަށް ހުއްދަ ހޯދުމަށްފަހު ނީލަން ކިއުމަށް އެތަކެތި ފޮނުވުން:
  8. އިންވެންޓްރީ ބެލެހެއްޓުން
  9. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން:

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު ކުރުން. މި އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި ލ. ފޮނަދޫ ކައުންސިލުގެ އިދާރާގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރުއްވުމަށްފަހު 18 ޑިސެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން ލ. ފޮނަދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

މިމަޤާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގައި މަސައްކަތް ކުރާނަމަ ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ. އަދި ސިވިލްސަރވިސް ގަވާއިދުގައިވާ ގޮތުގެމަތިން ދެވޭ އެންމެހައި އިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއިދާރާއިންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބުސައިޓު www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކުގެ ކޮޕީ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީކާޑުގެ ދެފުށުގެ ސާފު ކޮޕީ އަދި ސީވީ.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭ ރަސްމީލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މިންގަނޑު:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ސިފަތައް.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދި އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. މިލިޔުންތައް އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ހަވާލު ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6800082 ނަންބަރު ފޯނާއެވެ.

09 ޑިސެންބަރު 2014
ހޯދާ