ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މުވައްޒަފަކު ބޭނުންވެއްޖެ

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

އެސް.އެސް 1

ސަޕޯޓް ސްޓާފް ގްރޭޑް 1

-/3100

-/1000

މަޤާމް އޮތް އޮފީހުގެ ނަން:  ތުޅާދޫސްކޫލް، ބ. ތުޅާދޫ     ވަޒީފާ އަދާކުރަންޖެހޭ ތަން: ތުޅާދޫ ސްކޫލް     ބޭނުންވާ އަދަދު: 01    ސެކްޝަން: އެޑްމިން ސެކްޝަން

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން

 

މުސާރައާއި އިނާޔަތްތައް:

ކަނޑައެޅިފައިވާ މުސާރައާއި އެލަވަންސްގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތު

  1. ކޮންމެ ދުވަހަކު ސްކޫލުގެ ގޯތިތެރެއާއި ގޯތިން ބޭރު ކުނިކަހައި ވިނަނޮޅައި ސާފުކުރުން.
  2. ސްކޫލުން ހަވާލުކޮށްފައިވާ މަސައްކަތްތައް ބަރާބަރަށްކުރުން.
  3. ކުލާސްރޫމްތަކުގެ ތެރެއިން ކުނިކެހުމަށް ހަވާލުކުރާ ކުލާސްތައް ދުވާލަކު އެއްފަހަރު ކުނިކަހައި ޑެސްކުތަކާއި ގޮނޑިތައް ފޮޅައި ސާފުކުރުން. އަދި އެކުލާސްތަކުގެ ދޮރާއި ދޮރުފަތްތައް ހަޑިވިޔަނުދީ ފޮޅައި ސާފުކުރުން.
  4. އެމީހަކަށް ކަނޑައެޅިފައިވާ ސެޝަންގެ ކުދިން ވަނުމުގެ ކުރިން ކްލާސްރޫމްތަކުގެ ސާފު ތާހިރުކަން ޗެކްކޮށް، ފާޚާނާތައް ދުވާލަކު 2 ފަހަރު ސާފުކުރުން
  5. ނުރަސްމީ ގަޑިތަކުގައި ސްކޫލުން އަންގާ ގޮތުގެ މަތިން މަސައްކަތްކުރުން
  6. ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑިތަކުގައި މަސައްކަތްތައް ރާއްވަވާ ނިންމެވުމަށް އިސްކަންދިނުން.
  7. އަދި މިނޫނަސް ސްކޫލަށް ދިމާވާ މުހިންމު ކަންކަމުގައި އެއްބާރުލުން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

އިންޓަރވިއުކުރުން:

  • މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިންޓަރވިއުކުރުން، ޑިސެންބަރު 22 ން 24 އާ ދެމެދު ތުޅާދޫ ސްކޫލުގައި، ނުވަތަ ސްކޫލުން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. އަދި އިންޓަރވިއުއަށް ވަޑައިގަންނަވާއިރު، ތަޢުލީމީ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ފޯމު ސްކޫލުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ސަރުކާރުގެ ވަޒީފާގައި ހުރި ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ މިވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން.

- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީއެއް

- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

އިތުރު މަޢޫލޫމާތު ހޯއްދެވުމަށް:

ފޯން: 6600136                ފެކްސް: 6601012             

އީމެއިލް: [email protected]

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ތުޅާދޫ ސްކޫލަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ.

09 ޑިސެންބަރު 2014
ހޯދާ