މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑިރެކްޓަރ (އީ.އެކްސް 1)

މަޤާމު:

ޑިރެކްޓަރ (އީ.އެކްސް 1)

ބޭނުންވާ އަދަދު:

1

މުސާރަ:

-/8,835 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ޑިރެކްޓަރ

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޑިވިޜަން/ އެޑްމިނިސްޓްރޭޓިވް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

ނުވަތަ

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ނުވަތަ

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އިސްވެރިޔާގެ ގޮތުގައި ސެކްޝަން ހިންގައި ބެލެހެއްޓުމާއި ސެކްޝަނުގެ މުވައްޒަފުން ސްޕަވައިޒްކުރުން
  • މިނިސްޓްރީއަށް ލިބޭ ސިޓީތަކާއި ލިޔުންތައް ސެކްޝަންތަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރުވުމާއި އަދި އޮފީހުން އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔުންތައް ހަވާލު ކުރުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުން
  • މިނިސްޓްރީއަށް ހުށަހެޅޭ މައަސަލަތަކަށް ކަނޑައެޅޭ މުއްދަތަށް ޖަވާބު ދެމުންގެންދޭތޯ ބަލައި ޗެކްކޮށް އެކަމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުން.
  • އެކި ފަރާތްތަކުން ބާއްވާ ޖަލްސާތަކާއި ކޮމިޓީތަކަށް މީހުން ހަމަޖެއްސުމާއި އަދި އެކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  • މިނިސްޓްރީގެ ފަރާތުން ކުރާ ރަސްމީ ދަތުރުތަކާއި އަދި ރާއްޖެއިން ބޭރުން އަންނަ މިޝަންތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  • މިނިސްޓްރީއަށް ހޯދަންޖެހޭ އެންމެހާ ތަކެތި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދުމުގެ މަސައްކަތް ކުރުން
  • މި މިނިސްޓްރީގެ އެކި ސެކްޝަންތައް ފޮޅައި ސާފުކުރުމުގެ މަސައްކަތް ހިނގާނުހިނގާގޮތް ބަލައި ސުޕަވައިޒްކުރުން.
  • މި މިނިސްޓްރީގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި އަދި އެމީހުންނަށް ބޭނުންވާ ޔުނީފޯމު ފަދަ ކަންކަން ފުރިހަމަކޮށްދިނުމުގެ މަސައްކަތް ކުރުން
  • މިނިސްޓްރީން ކުރަންޖެހޭ މަރާމާތުތައް، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރުން
  • މިނިސްޓްރީން ތައްޔާރުކުރަންޖެހޭ އަހަރު ރިޕޯޓު، ލަފާކުރާ ބަޖެޓް ރިޕޯޓު ފަދަ އެންމެހާ ރިޕޯޓުތައް ތައްޔާރުކުރުން
  • އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމު ހަމަޖެއްސުން
  • މިނިސްޓަރސް ބިއުރޯ އަދި ޕަރމަނަންޓް ސެކްރެޓަރީގެ ކަންތައްތައް އިންތިޒާމު ކުރުމާއި ސުޕަވައިޒްކުރުން.

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން

- ތެދުވެރިކަމާއި ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތު ކުރުމުގެ ހުނަރާއި މުޢާމަލާތުކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން

- ވިސްނުންތޫނުކަމާއެކު ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި) އަދި ޓްރާންސްކްރިޕްޓް

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- އެހެން ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއްނަމަ، އަދި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވިފައިވާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ އަދާކުރައްވާ އޮފީހެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.  

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ސުންގަޑި:

24 ޑިސެންބަރު 2014 (ހޯމަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349129/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

09 ޑިސެންބަރު 2014
ހޯދާ