މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

   މަޤާމު:                     އެޑްމިނިސްޓްރޭޓަރ

   ބޭނުންވާ އަދަދު:                1

   ރޭންކް:                     އެމް.އެސް 3

   ކްލެސިފިކޭޝަން :              އެސިސްޓެންޓް ޑިރެކްޓަރ  

   މުސާރަ :                  -/7035 ރުފިޔާ

   ސަރވިސް އެލަވަންސް:           -/2000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             އެން3

   ގިންތި:                    ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :    އިދާރީ ސެކްޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތްތައް.
  • އަލަށް މާލެ އަންނަ ޓީޗަރުން ބޭތިއްބުމުގެ ކަންތައްތަކާއި ވިސާ އަދި ވާރކްޕާމިޓްގެ ކަންތައްތައް ކުރުން
  • ޔައުމިއްޔާ ލިޔުން އަދި ފައިލް ކުރުމުގެ މަސައްކަތްތައް ހަވާލުކުރެވިފައިވާ މުވައްޒަފުން ކުރާގޮތް ބެލެހެއްޓުން
  • ފައިސާއާބެހޭ މަސައްކަތްތައް ބެލެހެއްޓުން
  • މުވައްޒަފުންގެ ރަޖިސްޓަރީގެ ކަންތައްތައް ބެލެހެއްޓުން
  • ސްކޫލުގެ އެކައުންޓްތަކުގެ ކަންތައްތައް ބެލެހެއްޓުން
  • ހުރިހާ މުވައްޒަފުންގެ ސަލާމާއި ޗުއްޓީއާއި ހާޒިރީ ބެލެހެއްޓުން
  • އިމާރާތާއި ފަރުނީޗަރ އަދި އެހެނިހެން ތަކެތި މަރާމާތު ކުރުމުގެ ކަންތައްތައް ބެލެހެއްޓުން
  • މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން
  • ސްކޫލް ބޯޑުގެ މަސައްކަތާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަންތައްތައް ކުރެއްވުން
  • ސްކޫލުގެ ކުރިއެރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ
  • މުސާރަ ދިނުމުގެ މަސައްކަތްތައް ބެލެހެއްޓުން.

ޝަރުތު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

- މިމަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.    

އިންޓަރވިއު ކުރުން

ހ. 24 ޑިސެންބަރު 2014 އިން ފެށިގެން 25 ޑިސެންބަރު 2014 ގެ ނިޔަލަށް

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމިނިސްޓްރީގެ ރިސެޕްޝަނުންނާއި www.moe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 8 ވަނަ ފަންގިފިލާ

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ޑިސެންބަރު 2014 ދުވަހުގެ 14:00 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު 3341423 ފޯނަށް ގުޅުއްވުން އެދެމެވެ.

11 ޑިސެންބަރު 2014
ހޯދާ