މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވޮޗަރު

މަޤާމު

ވޮޗަރު

ރޭންކް: އެސް.އެސް 1

އަދަދު

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/3100 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

ސަރވިސް އެލަވަންސް -/1000 (އެއްހާސް ރުފިޔާ) އަދި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.

އަސާސީ ޝަރުޠު

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

 

 

1- ޑިއުޓީތަކަށް ބަރާބަރަށް ނުކުތުން

2- ޑިއުޓީކުރަންފެށުމުގެ ކުރިން ކޯޓުގެ ޢިމާރާތުގެ ދޮރުތައް ތަޅުލާފައިވޭތޯ ބަލައި ޗެކްކުރުމާއި، އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައިވޭތޯ ޗެކްކުރުން.

3- ކޯޓުގެ ޢިމާރާތާއި ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ބެލެހެއްޓުން.

4- ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް ކޯޓުގެ ގޯތިތެރެއަށް ތަކެތި ވެއްދުމާއި ތަކެތި ބޭރުކުރިޔަ ނުދިނުން.

5- ޢިމާރާތާއި ގޯއްޗަށް އަދި ގޯތީގައި ހުންނަ އެއްޗަކަށް މީހަކު ނުވަތަ ބަޔަކު ދީފާނެ ގެއްލުމަކަށް ސަމާލުވެ، އެކަމުން ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

6- މީގެ އިތުރުންވެސް ކޯޓުން އަންގާ މަސައްކަތްތައް އަންގައިފި ހިނދެއްގައި ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)

ސުންގަޑި

25 ޑިސެމްންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން  ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ޝަރްޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު މިކޯޓުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

10 ޑިސެންބަރު 2014
ހޯދާ