ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:ޖީ.އެސް 3   

އަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ގދ.ނަޑެއްލާ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ.

އެލަވަންސް

- ސާރވިސް އެލަވަންސް -/1500 ރުފިޔާ.

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ކޯޓުގެ ސްޓޮކާއި، އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުން.

2- އިދާރީ ފޮތްތަކާއި، ފައިސާގެ ފޮތްތަކާއި، ޝަރީޢަތާބެހޭ ފޮތްތަކާއި ލިޔެކިޔުންތައް ގަވާއިދުން ތައްޔާރުކޮށް ބެލެހެއްޓުން.

3- ކޯޓުގެ ތަފާސްހިސާބުގެ އެންމެހައި މަސައްކަތެއް ކުރުމާއި، ކޯޓުގެ ތަފާސްހިސާބާއި، އެހެނިހެން ރިޕޯޓުތައް ތައްޔާރުކުރުން.

4- ކޯޓަށް އަންނަ ލިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކުރުން.

5- ކޯޓުގެ ބަޖެޓާއި މުސާރަދިނުމުގެ ކަންކަން ބެލެހެއްޓުން.

6- ކޯޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުމާއި، ކޮންމެ އަހަރެއް ނިމުމުން، އެ އަހަރެއްގެ އަހަރީ ރިޕޯޓު ތައްޔާރުކުރުން.

7- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނާ ކޯޓުން ކުރަންޖެހޭ މުޢާމަލާތު ކުރުން.

8- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ ގަވާއިދުތަކާއި ސުލޫކު ބަހައްޓަންވީގޮތް، ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތްތަކަށް ބުނެދިނުން.

9- ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމު ފުރިހަމަކުރުން.

10- ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ކޯޓް ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ހަރަކާތްތެރިވުން.

11- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/އިދާރީ ރިޕޯޓުތައް ތައްޔާރުކުރުން.

12- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.

13- މި ކޯޓަށާއި އެހެން ކޯޓުތަކަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ތައްޔާރުކޮށް، އެ އަމުރުތައް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށްފައިވޭތޯ ބެލުން.

14- ކޯޓުން ޝަރުޢީގޮތުން ނަގައި އެންމެހައި ބަޔާންތަކާއި، ޝަރީޢަތްތައް ލިޔެ ރިކޯޑު ބެލެހެއްޓުން.

15- ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، ކޯޓުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

16- މީގެ އިތުރުން ކޯޓުން ހަވާލުކުރާ ރަސްމީ މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  5.  ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކާއި، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަން އެނގޭފަދަ ރަސްމީ ލިޔުމެއް.

ސުންގަޑި:

11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެވެ.

- ފޯމުގައި ކަނޑައެޅިފައިވާ މަޢުލޫމާތު ފުރިހަމަނުކޮށް ހުންނަ ފޯމުތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފޯމުތަކާއި، ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.

03 ޑިސެންބަރު 2014
ހޯދާ