މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ، ޕްރޮޖެކްޓް މެނޭޖްމަންޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ، ޕްރޮޖެކްޓް މެނޭޖްމަންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 3 ( މެނެޖީރިއަލް ސަރވިސް 3 )

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

އިނާޔަތްތައް

-/7,035 ރުފިޔާ

-/2,000 ރުފިޔާ

މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

 1. ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 2. ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 3. ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި  2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 4. ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 1. ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ފެނާއި ނަރުދަމާ ނިޒާމުގެ ޕްލޭންތައް ތަންފީޛު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކަނޑައެޅިފައިވާ ގޮތުގެ މަތިން ކުރުން. އަދި އިސްވެ ހުންނެވި ވެރިޔަކު ޗުއްޓީ ނަންގަވައިފިނަމަ ސެކްޝަނާ ހަވާލުވެ މަސައްކަތް ކުރުން.
 2. ސަރުކާރުގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލު ކުރެވޭނޭ ގޮތަށް ފެނާއި ނަރުދަމާ ނިޒާމާ ގުޅުންހުރި އެންމެހައި ޕޮލިސީތައް އެކުލަވައިލުމުގައި ބޭނުންވާ އެހީތެރިކަންދީ ޢަމަލީގޮތުން އެކަންކަމުގައި ބައިވެރިވުން. އަދި މި ކަމާބެހޭ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވައި ޕްލިސީތައް އެކުލަވައިލުން.
 3. ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ތަރައްޤީ ކުރުމަށް ބޭނުންވާ ބޭރުގެ ލޯނު އެހީއާއި އެހެނިހެން ޖަމާޢަތްތަކުން ބޭނުންވާ އެހީތެރިކަން ހޯދުމަށް ބޭނުންވާ ޕްލޭންތަން އެކުލަވާލުން. މިގޮތުން އެފަދަ އެހީތައް ލިބޭނެ މަގުތައް ތަނަވަސް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
 4. ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފެނާއި ނަރުދަމާ ޚިދުމަތް އެންމެ ބޮޑަށް ބޭނުންވެފައިވާ ރަށްތައް ކަނޑައެޅުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު އެއްކޮށް، ކަމާބެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.
 5. ރަށްރަށުގައި ޤާއިމު ކުރެވޭ ފެނާއި ނަރުދަމާއާ ގުޅޭ ޤާނޫނުތަކާއި ސްޓޭންޑަރޑްސް އަދި ރެގިއުލޭޝަންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން. އަދި ޤާނޫނާއި ގަވާއިދުތައް ތަންފީޛު ކުރުމަށްޓަކައި ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކުން ބޭނުންވާ ހުއްދަ ހޯދުން.
 6. ފެނާއި ނަރުދަމާ ސެކްޓަރ އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރިއާއި ރައްޓެހި މާހައުލެއް ޤާއިމު ކުރުމަށްޓަކައި އެސެސްމަންޓެއް އެކުލަވައިލައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން. އަދި ސެކްޓަރގައި މިކަން އެކަން ތަންފީޛު ކުރުމަށް ބޭނުންވާ ހުއްދަ ކަމާބެހޭ ފަރާތްތަކުން ހޯދުން.
 7. ރަށްރަށުގައި ޤާއިމު ކުރެވޭ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމާގުޅޭ ސިޔާސަތެއް ޤާއިމު ކުރުން. އަދި މިކަމާ ގުޅޭ އެންމެހައި މަޢުލޫމާތު ޑިޕާޓްމަންޓުގެ އިސްވެރިޔާއަށް ދިނުން.
 8. މެންޑޭޓްގައި ކަނޑައެޅިފައިވާ ކަންތައްތައް ހާސިލު ކުރުމަށްޓަކައި ޑަބްލިޔު.އެޗް.އޯ ޔުނިސެފް ފަދަ ބޭރުގެ އެހީދޭ ޖަމާޢަތްތަކާ ގުޅިގެން ސެކްޓަރ ޕްރޮގްރާމްތަކާއި އެކްޓިވިޓީތައް ފުރިހަމަ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސެކްޓަރ ވާރކް ޕްލޭނުގައި ހިމަނައި އެ ފަރާތްތަކާ ގުޅިގެން އެކަންކަން ރާވައި ކުރިއަށް ގެންދިޔުން.
 9. ރަށްރަށުގައި ކުރިއަށް ގެންދެވޭ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހިނގާނުހިނގާގޮތް މޮނިޓަރ ކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފު ލައްވައި ގަވާއިދުން އެކަން ކުރުން. އަދި މުވައްޒަފަށް ބޭނުންވާ ލަފައާއި އިރުޝާދު ދުވަހުން ދުވަހަށް ދިނުން. މީގެއިތުރުން މިކަމާ ގުޅޭ އެންމެހައި މަޢުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
 10. ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ފެނާއި ނަރުދަމާއާބެހޭ ސެމިނަރ އަދި ޖަލްސާފަދަ ކަންކަމުގައި ބައިވެރިވެ ތައްޔާރު ކުރަންޖެހޭ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.
 11. ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި، ސެކްޝަންގެ މުވައްޒަފުންނާ ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުން. މީގެ އިތުރުން ރަށްތަކުން ފޮނުވާ ޝަކުވާގެ ސިޓީތައް ބަލައި ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ލަފާގެ މަތިން މައްސަލަ ހައްލު ކުރުން.
 12. އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަން ކުރުމަށް ހަވާލުވެފައިވާ މުވައްޒަފާ ކަނޑައެޅިފައިވާ ދުވަހަށް ހަވާލުކުރުން. އަދި ބަޖެޓާއި އަހަރީރިޕޯޓް ފައިނަލް ކުރުމުގައި ބޭނުންވާ ލަފައާއި އިރުޝާދު މަސައްކަތް ކުރައްވާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.
 13. ދުވަހުން ދުވަހަށް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ ޕާރފޯމަންސް ބެލުމަށްޓަކައި އަހަރަކު 3 ފަހަރު ސްޕަވައިޒް ކުރެއްވުމާއި، ސުޕަވައިޒް ކުރާ މުވައްޒަފުންގެ "ވާރކްލޯޑް" ގަވާއިދުން ބެއްލެވުމާއި، ކުރެވޭ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ ލީޑަރޝިޕް، ގައިޑެންސް މުވައްޒަފުންނަށް ދިނުމާއި، މުވައްޒަފުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި މަގުފަހި ކޮށްދިނުމާއި، ދިމާވާ ފަންނީ އަދި އެހެނިހެން މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެ ދިނުން. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން މުވައްޒަފުންނަށް އަންގައި، މިކަމާގުޅޭ މަޢުލޫމާތު ޑިޕާޓްމަންޓްގެ އިސްވެރިޔާއަށް ދުވަހުން ދުވަހަށް ދިނުން.
 14. ކަނޑައެޅިފައިވާ ގޮތުގެ މަތިން ޔުނިޓްގެ ސްޓާފް މީޓިންގ ބާއްވާ ކޮންމެ އަހަރަކަށް ސެކްޓަރއިން ތައްޔާރު ކުރެވޭ ވާރކްޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ހިނގާނުހިނގާގޮތް ގަވާއިދުން މޮނިޓަރކޮށް، މަހަކު އެއްފަހަރު ޑިޕާޓްމަންޓްގެ އިސްވެރިޔާއަށް ރިޕޯޓް ހުށަހެޅުން. އަދި އިޞްލާޙު ކުރަންޖެހޭ ކަމެއް އޮތްނަމަ އިސްވެރިޔާގެ ލަފާގެ މަތިން އިޞްލާޙީ ފިޔަވަޅު އެޅުން.
 15. މީގެއިތުރުން ޔުނިޓުން ކުރިއަށްގެންދާ މަޝްރޫޢުތަކާބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައި ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 1. ތިމާވެށްޓާ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު
 2. އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ލިބިފައިވާ ތަޖުރިބާ.
 3. ރާއްޖޭން ބޭރުގެ ތަފާތު ފަރާތްތަކާ ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
 4. ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 5. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
 • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު، އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
 •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
 • ސުންގަޑި: 17 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
 • އިންޓަރވިއު އާއި އިމްތިޙާން ކުރުން 18 ޑިސެންބަރު 2014 އާއި 15 ޖަނަވަރީ 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

16 ޞަފަރު 1436   

08 ޑިސެންބަރު 2014
ހޯދާ