މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މަޤާމު:

ރޭންކް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޖީ. އެސް 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ

ސެކްޝަން

ހިންމަފުށީ ކައުންސިލް އިދާރާ

ކޯޕަރޭޓިވް އެފެއާޒް

ވަޒީފާއަދާކުރަންޖެހޭ ތަން:

މުސާރަ:

ހިންމަފުށީ ކައުންސިލްގެ އިދާރާ

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

ބޭނުންވާ އަދަދު: 1
މަޤާމުގެ ޝަރުޠުތައް:
  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީއިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ކައުންސިލްގެ އިދާރާއާއި ކައުންސިލްގެ އެންމެހައި ތަކެތީގެ ހަރުމުދަލުގެ ރަޖިސްޓަރީ (އިންވެންޓްރީ) ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުން

2- ކައުންސިލް އިދާރާގެ ސްޓޮކް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން

3- ރައްޔިތުންގެ މުދަލުގެ އިންވެންޓްރީ  ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުން

4- ހަލާކުވެގެން ނުވަތަ ނައްތާލެވޭ މުދަލުގެ ލިސްޓްނެގުމާއި އިންވެންޓްރީ ގަވާއިދާ އެއްގޮތަށް އެތަކެތި   ބަލަހައްޓަމުން ގެންދިއުން 

5- ސްޓޮކަށް ބޭނުންވާ އެންމެހައިތަކެތި ހޯދުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން 

6- އެކިއެކި މުނާސަބަތު ފާހަގަކުރުމަށްޓަކައި ހޯދަންޖެހޭ ތަކެތި ހޯދައި ކުރަންޖެހޭ މަސައްކަތްތައް ކުރުން

7- އޮފީހުގައި ބޭއްވޭ އެކިއެކި މީޓިންތަށް ބޭނުންވާ ތަކެތި ހޯދުމާ އެކަމާބެހޭ މަސައްކަތްތައް ކުރުން

8- ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން ސެކްޝަނަށް ލިބޭ ސިޓީ މެސެޖު ފަދަ ލިއުންތަކަށް ޖަވާބުދިނުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން

9- މީގެ އިތުރުންވެސް ކައުންސިލުން ކަނޑައަޅާ އިދާރާގެ މަސައްކަތްތަކާއި، ޒިންމާދާރުވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން

10- އިންސާފުވެރިކަމާއި، ތެދުވެރިކަމާއެކު ވަކިފަރާތަކަށް ނުޖެހި، ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ މަތީގައިވާ މަސައްކަތްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ހ) ތަޢުލީމާއި ތަމްރީން

(ށ) މަސައްކަތުގެ ތަޖުރިބާ

(ނ) މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

(ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއުކުރުން އޮންނާނީ ކ. ހިންމަފުށި ކައުންސިލްގެ އިދާރާ ގައެވެ.

(ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚު އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ކުރެއްވުމަށްފަހު 10 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00  ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާ އަށް

އުޖޫރައާއި ޢިނާޔަތްތައް:

ސަރުކާރު މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ހަމަޖައްސަވައިދެވޭނެ، ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސާއި، އިތުރުގަޑީގާ މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ ގަވާއިދުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްއިދާރާއިން)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  6. ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި، އަޚުލާޤް ހުރިގޮތް ބަޔާންކުރާ ފޯމު"
  7. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރުގެ ރަސްމީގަޑީގައި ގުޅުއްވާނީ (6642024) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (6642024) އެވެ.އީ މެއިލް ކުރައްވާނީ [email protected])) އަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ނޮވެންބަރު 2014
ހޯދާ