އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕުރޮޖެކްޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ޕުރޮޖެކްޓް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމު ނަންބަރު: 228458

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތު

ކައުންސިލުން ހިންގާ އެކިއެކި މަޝްރޫޢުތަކާއި ގުޅިގެން ކުރިޔަށްގެންދާ ޕްރޮޖެކްޓްތައް ބިޑްކުރުމަށް ތައްޔާރުކުރަންޖެހޭ މަޢުލޫމާތު ޝީޓްތައް ތައްޔާރުކުރުމާއި، ޕުރޮޖެކްޓްތަށް ބިޑްކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ އަދި ޓެކްނިކަލް މަސައްކަތް ކުރުމާއި، އައްޑޫސިޓީގައި އަލަށް ހަދަންޖެހޭ މަގުތައް ހެދުމާއި، މަގުތައް ތަރައްޤީކުރުމާއި، ވެލިމަގުތަކާއި ތާރުމަގުތައް މަރާމާތުކުރުމާއި، މަގުތަކުގެ ކާނުތަކާއި ސޯކްޕިޓްތަކަށް ދިމާވާ މައްސަލަތަކައް ހައްލުހޯދައިދިނުމަށް ކައުންސިލުން ކުރަންޖެހޭ އެންމެހައި އިދާރީ އަދި ޓެކްނިކަލް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން :

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސޫލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާ އަދާކުރަންޖެހޭތަން

އައްޑޫސިޓީ ކައުންސިލްގެ އިދާރާ، ހިތަދޫ
(ޑިވެލޮޕްމަންޓް ސާރވިސް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

1.  ލިބިފައިވާ ތަޢުލީމާއި ތަމްރީން

2.  ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3.  މަސައްކަތުގެ ހުނަރާއި ޤާބިލުކަން

އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚު:

އިންޓަރވިއުއަށް ހާޒިރު ވުމުގެ 24 ގަޑި ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި ލިއުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.)
  2. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  3. މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ތާރީޚު ޖަހާފައިވާ ކޮޕީގެ އަސްލު)

ކޯސް ފުރިހަމަކުރުމަށްފަހު ކޯހުން ފާސްވެފައިވާ ކަމުގެ ލިޔުން ލިބިލައްވާފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް" ހުށަހަޅުއްވަންވާނެ.

  1. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، "އަސްލާ އެއްގޮތް" ކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން، ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު ކޮޕީ. މަސައްކަތުގެ ތަޖުރިބާ ސާބިތުކުރުމަށް ހުށަހަޅުއްވާ ލިޔުންތަކަށް ޕޮއިންޓް ދެވޭނީ "އަސްލާ އެއްގޮތް" ކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން، ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ހުށަހަޅުއްވާފައިވާނަމައެވެ. (މިއިދާރާގެ މުވައްޒަފުން މިލިޔުން ހުށަހަޅަން ނުޖެހޭނެއެވެ.)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީން ކުރުމާއި ޝޯޓް ލިސްޓް ކުރުން:

ވަޒީފާއަށް ކުރިމަތި ލައްވާ ބޭފުޅުން ސްކްރީން ކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އެފަރާތްތައް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު ޝޯޓްލިސްޓް ކުރެވޭނެއެވެ.

މިގޮތުން ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތައްތަކަކީ:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން   2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ   3- މަސައްކަތުގެ ހުނަރާއި ޤާބިލުކަން

ސުންގަޑި

2014 ޑިސެންބަރު 14 ވާ އާދީއްތަ ދުވަހު 15:00ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6885003 ފޯނަށް ގުޅުއްވުން އެދެމެވެ.

10 ޞަފަރު  1436

02 ޑިސެންބަރު 2014
ހޯދާ