މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

މަޤާމް:  ޕްރޮޖެކްޓް އޮފިސަރ

ރޭންކް:               އެމް.އެސް 1

ކްލެސިފިކޭޝަން:         ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:        ނ.ވެލިދޫ ކައުންސިލްގެ އިދާރާ 

ޔުނިޓް:             އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލްސަރވިސަސް

ވަޒީފާއަދާ ކުރަންޖެހޭތަން:   ނ.ވެލިދޫ ކައުންސިލްގެ އިދާރާ                                          

މުސާރަ:            -/5610 ރުފިޔާ

ސަރވިސްއެލަވަންސް:    -/2000 ރުފިޔާ

ބޭނުންވާ ޢަދަދު:       01    

މަޤާމުގެ ޝަރުޠުތައް: 

 1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ކައުންސިލުން ހިންގާ އަދި ސަރުކާރުން ރަށުގައި ހިންގާ ޕްރޮޖެކްތައް މޮނިޓަރ ކުރުން.
 2. ބީލަމު އުސޫލުން ކުރަންޖެހޭ އެންމެހައި މަސައްކަތް ދަޢުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ކުރުން.
 3. ރަށުތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތަކަށް ފަންޑްހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
 4. ކައުންސިލްގެ އިދާރާއާ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުން
 5. ރަށުތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ހޯދާ އެފަރާތްތަކާއެކު އެގްރިމެންޓްތައް ހެދުން.
 6. އެއްބުރިއަށްވުރެ އުސްކޮށް ޢިމާރާތްކުރެވޭ ތަންތަނަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި، ޢިމާރާތްކުރެވެމުންދަނީ ހުއްދަދެވިފައިވާ ކުރެހުމާ އެއްގޮތަށްތޯ ބަލައި މޮނިޓަރކުރުން.
 7. ރަށުކައުންސިލްގެ އިދާރާގެ ބޭނުމަށް ހޯދަންޖެހޭ މުދަލާއި ތަކެތި ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަގުބެލުމާއި، އޯޑަރު ފޮނުވުމާއި އެތަކެތި ހޯދުމާބެހޭ އެންމެހައި ކަންކަން ކުރުމަށްފަހު ހޯދޭ ތަކެތީގެ ސްޓޮކް ބަލަހައްޓާ ޔުނިޓްތަކަށް ފޯރުކޮށްދިނުން.
 8. ރަށުގެތަރައްޤީގެ ޕްލޭނުގައި ހިމެނޭ މަޝްރޫޢުތައް ހިންގުން.
 9. ކައުންސިލްގެ އިދާރާއާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް މަރާމާތުކުރުމާބެހޭ އެންމެހައި ކަންކަންކުރުން.
 10. ޔުނިޓުން ނިމޭ މައްސަލަތައް ދުވަހުން ދުވަހަށް ރައްކާތެރިކަމާއެކު ފައިލުކުރުން
 11. ޔުނިޓުގެ މައްސަލަ ރަޖިސްޓަރީއާއި ޔައުމިއްޔާ ނޯޓް ދުވަހުން ދުވަހަށް ލިޔެބެލެހެއްޓުން
 12. ސެކްޝަން / ޔުނިޓުން ލިޔަންޖެހޭ ސިޓީ، މެސެޖް ފަދަ ލިޔެކިޔުންތައް ލިޔުމާއި، ލިޔެކިޔުންތައް ބެލެހެއްޓުން.
 13. ޔުނިޓުން ފޮނުވަންޖެހޭ ލިޔެކިޔުންތައް މެއިލްކުރުމާއި، ފެކްސްކުރުން
 14. އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވާކްޝޮޕް ފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަމާއި އިންތިޒާމްތައް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
 15. އިދާރާއިން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ ރަސްމީމަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- ޕްރޮޖެކްޓް ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ

- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މިންވަރު

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2014 ޑިސެންބަރު މަހުގެ މެދުތެރޭގެ ތާރީޚެއްގައި ވެލިދޫ ކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 14 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ކައުންސިލްގެ އިދާރާއިން ހަމަޖައްސާފައި އޮންނަ އުސޫލާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ސިވިލްސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ އެލަވެންސާއި ޢިނާޔަތް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mvއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.)
 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
 3. ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ 6560010 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.

10 ޞަފަރު 1436

02 ޑިސެންބަރު 2014
ހޯދާ